Tuesday, 28 July 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން ބޭނުންކޮށްގެން އޮޕަރޭޝަނެއް ހިންގަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫއޭވީ ޑްރޯން ‘ބައިރަކްތާ’ ބޭނުންކޮއްގެން ހިންގާ އޮޕަރޭޝަން ފަށައިފިއެވެ. މި އޮޕަރޭޝަނަކީ މަހަށް ނުކުމެ އުޅުނު ތިން ދިވެހިން ގެއްލިގެން ހޯދުމުގެ މަސައްކަތުގައި ހިންގާ އޮޕަރޭޝަނެކެވެ.

އޮޕަރޭޝަނަށް ޑްރޯންތައް ރޭގެ ވަގުތެއްގައި މާފަރުގައި ހުންނަ ދިވެހިންގެ އެއާކޯގެ ބޭހުން އުދުހިގެންފައިވާއިރު މިއީ ދިވެހި ތާރީހީ މަސައްކަތެވެ. އެމްއެންޑީއެފްއިން ވަނީ މި އޮޕަރޭޝަންގަ ޑްރޯން ބޭނުންކުރާކަމަށް ހާމަކޮށްފައެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދަނީ ފަރިހި 2 ނަމަކަށް ކިޔާ ޑައިވިން ދޯންޏެކެވެ. އަދި މި ދޯނި ފަރުމަސް ބާނަން ނުކުތީ މ. ރަތްމަންދޫ ކައިރިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ރޭ ތިން ފިރިހެނުންނާއެކު ފަރުމަހައް ނުކުތް ދޯޔެއް ގެއްލިގެން ރޭ 22:06 ހާއިރު ފުލުހައް ރިޕޯޓކޮއްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގެއްލުނު ދޯނި ހޯދުމަށް މިހާތަނަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވާއިރު، އަދިވެސް ދަނީ ހުއްޓުމެއްނެތި ހޯދުމުގެ މަސައްކަތް ކުރަމުން

‏މި ދޯންޏާއި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އެމާޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާޑަށް ގުޅައި އެ މައުލޫމާތެއް ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *