ޕީއެންއެފްގެ ލީޑަރު އަދި ކޫރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ކެލާ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ކެލާ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޕީއެންސީގެ ސެނެޓް މެމްބަރު އަޙްމަދު ޣާލިބުއަށް ތާއީދު ކުރަން ނިންމައިފި އެވެ.
ރައީސް ޔާމީން ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ހިޔާލާއި މެނުފެސްޓޯއަށް ތާއީދު ކުރައްވާ އެމަނިކުފާނާއެކު ހިޔާލުބަދަލު ކުރައްވާ، އެމަނިކުފާނުގެ ފައުޖުގައި އުޅުއްވި ތައުލީމީ ބޭފުޅެއް ކެލާ ދާއިރާއަށް ވާދަ ކުރައްވާ ކަމަށެވެ. އެއީ އަޙުމަދު ޣާލިބް ކަމަށާއި އެމަނިކުފާނުގެ ފުރިހަމަ ތާއީދު ޣާލިބުއަށް އޮތް ކަމަށެވެ.
”ޢާލިބަށް އަޅުގަނޑު އެބަ ތާއީދުކުރަން! އެެއީ ޣާލިބްއަކީ އަޅުގަނޑު މިދެންނެވި ކަހަލަ ހަރުދަނާ ފިކުރުތަކާ އަޅުގަނޑުގެ އެެޖެންޑާތަކާ މެނިފެސްޓޯތަކަށް ބަރާބަރަށް ތާއީދު ކޮށްކޮށް ހުރި މީހެއް“ ކުރީގެ ރައީސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ވަކި ތައައްޒުުބު ތަކެއް ހިފައިގެން އުޅުއްވާ ބޭފުޅެއް ނޫންކަމަށާއި ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާ ބޭފުޅުންނަށް އެމަނިކުފާނު މަރުހަބާ ކިޔާކަމަށެވެ.
ޔާމީން އިތުރަށް ވިދާޅުވީ ޣާލިބަކީ ހަރުދަނާ ކެރޭ ގާބިލް ގައުމު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރެވޭނެ ކުރާނެ ބޭފުޅެއްކަމަށެވެ. އަދި މިއަދު އިތުރަށް އެމަނިކުފާނު ތާއީދުކުރައްވާ ކެޑިޑޭޓުންގެ ނަން ހާމަކުރައްވާނެކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ޕާޓީގައި ހުރި އިރު ޕާޓީއަށް އިހުލާސްތެރިކަން އިންތިހާއަށް ދައްކާފައިވާ ބޭފުޅެއްކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ޣާލިބްއަށް ތާއީދު ކުރަން ނިއްމުމާ ގުޅިގެން ޣާލިބު ވަނީ ރައީސް ޔާމީންއަށް ޝުކުރު އަދާކޮށް އެކަމާ އުފާކުރައްވާ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ އެކްސްގައި ޔާމީންގެ ވީޑިއޯ ރިޕޯސްޓް ކޮއްފަ އެވެ.


