ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަޒުލް ކުރުމަކީ އެމަނިކުފާނު ތާއީދު ކުރާ ކަމެއްނޫކަމަށާއި އަދި ރައީސް މުއިއްޒު މަގާމުން ވަކިކުރަން އަސާސެއްނެތި ކުރާ މަސައްކަތުގައި ބައިވެރި ނުވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕީއެންއެފްގެ މެމްބަރަކު އެމްޑީޕީއިން ރައީސް މުއިއްޒު މަގާމުން ދުރު ކުރުމަށް ކުރާ މަސައްކަތަށް ތާއީދު ކުރައްވާ ދެއްކެވި ވާހަކައަކާ ގުޅުގެން ކުރީގެ ރައީސް އަދި ޕީއެންއެފްގެ އެންމެ އިސް ލީޑަރު ޔާމީން ވިދާޅުވީ ޕީއެންއެފްގެ މެމްބަރަކު ރައީސް މުއިއްޒު އަޒުލު ކުރުމަށް ހިތްވަރުދީ ވާހަކަ ދެއްކިޔަކަސް އެެއީ ޕީއެންއެފްގެ ފިކުރު ނޫންކަމަށެވެ.
ޔާމީން ވިދާޅުވީ ހަމައެއް އުސޫލެއް ނެތި އެމްޑީޕީއިން ރައީސް މުއިއްޒު އަޒުލު ކުރުމަށް އެކުރާ މަސައްކަތަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި އެމްޑީޕީއިން މުއިއްޒު މަގާމުން ވަކިކުރަން ކުރާ މަސައްކަތުގައި އެމަނިކުފާނު ބައިވެރި ނުވާނެ ކަމަށެވެ.
”އެއްވެސް ކަހަލަ އަސާސެއް ނެތި ރައީސް މުޢިއްޒު އަޒުލު ކުރަން ކުރާ މަސައްކަތަކީ އަޅުގަނޑުމެން ބައިވެރިވާނެ މަސައްކަތެއް ނޫނޭ. އެކަމުގައި އަސާސްތަކެއް ހުރެގެން ބޮޑެތި މައްސަލަތަކެއް ހުރެގެން ދާ ކަމަށްވަންޏާ އަޅުގަނޑުމެން އެކަންވެސް ބަލާނަން “ ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމާއި ކަނޑުން ގެއްލުނު ބައި ހޯދުންފަދަ ކަންކަމުގައި އެމަނިކުފާނު އަޑު އުފުލާނެކަމަށެވެ.


