ފަރުމަސް ބާނަން ދިޔަ ދޯންޏެއް ހަބަރު ނުވެގެން އެމްއެންޑީއެފް ސެންޓުރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ތާޑް ސުކޮޑްރަން އިން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދަނީފަރިހި 2 ނަމަކަށް ކިޔާ ޑައިވިން ދޯންޏެކެވެ. އަދި މި ދޯނި ފަރުމަސް ބާނަން ނުކުތީ މ. ރަތްމަންދޫ ކައިރިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ފުލުހުން ވަނީ މ. މަޑުއްވަރީއަށް ނިސްބަތްވާ މި ދޯނީގައި ދެ މީހުން ތިބިކަމަށް ބުނެފައެވެ.
މި ދޯނި ގެއްލުނު ކަމުގެ ރިޕޯޓުކޮށްފައިވަނީ މިރޭ 22:06ގައެވެ.
އެމްއެންޑީއެފުން ބުނީ މި ދޯނި ފަރުމަހަށް ނުކުތީ މިރޭ 20:00 ހާއިރު އެނބުރި އައުމަށް ކަމަށެވެ.


