Tuesday, 27 October 2026

އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ދިނީމާ ތަރައްގީގެ ޒައްރެއްގެ މިންވަރުވެސް ނުގެނެވުނު: ނައިބު ރައީސް

ކުރީ ސަރުކާރަށް ސުޕަރ މެޖޯރިޓީ ދިނީމައި ރާއްޖެއަށް ގެނެވުނު ތަރައްގީއެއް ނެތް ކަމަށް ނައިބް ރައީސް އަލް އުސްތާޛް ހުސެއިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންް ނައިބު ރައީސް ހުސެއިން ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ އާރާއި ބާރު ބޭނުންކޮށްގެން ޒައްރެއްގެ މިންވަރު ވެސް ތަރައްގީ ކޮށްފައި ނުވާ ކަމަށެވެ.

އަދި މިހާރުވެސް ފެންނަމުން މިދަނީ މަޖިލީހުގެ މެޖޮރިޓީ ބޭނުންކޮއްގެން ކުއްލި ގަރާރު ތަކާ މައްސަލަތައް ހުށަ އިޅާ ސަރުކާރުގެ ބަޖެޓަށް ވޯޓް ނުދީ މިފަދަ ގޮތަކަށް އަމަލުކުރަމުން އަށްނަތަން ކަމަށެވެ.

ނަމަވެސް މި ސަރުކާރަން ރައްޔިތުން އަންނަ އާދިއްތަ ދުވަހު އޮއްނަ ރައްޔިތުންގެ މަޖިލިސްދީފި ނަމަ މި ސަރުކާރުން ވައުދުވީ ތަރައްގީ ގެނެސްދެއްވުމުގެ ހުރިހާ ތައްޔާރީއެއް ރައީސް މުއިއްޒު ވެ ނިއްމަވައިފި ކަމަށެވެ.

މިހާރު ހަމައެކަނި މަދުވަނީ ތަރައްގީގެ ޕްރޮޖެކްޓްތަށް ފާސްކޮއްދޭނެ ރައްޔިތުންގެ މަޖިލީހެއް ކަމަށާއި މަޖިލިސް ލިބުމާއެކު ތަރައްގީގެ މެގަ ޕްރޮޖެކްޓްތައްފެށި އިގްތިސޯދު ހަމަ މަގަށް އެޅޭނެ ކަމަށެވެ.

އަދި އެންމެ ފަހުން އިދިކޮޅުން އެއްމެ ފޯރީގައި ފާސްކޮއް ތަސްދީދު ނުކޮއް ލަސްވެގެން ރައީސްއަށް ފާޑުކީ އެންޓި ޑިޓެންޝަންގެ ބިލަކީ ޕީޕީއެމްގެ ވެރިކަމުގައި އެޕާޓީއިން ތާއީދުކޮއްގެން ކަމަށާއި ނަމަވެސް އެމްޑޕީއިން 2018 ވަނަ އަހަރު ވެރިކަމަށް އައިސް އުވާލާފައިކަމަށް ނައިބު ރައީސް ހުސެއިން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު އެމްޑީޕީއިން މި ބިލް ފާސް ކުރަން މި އުޅެނީ މަޖިލީހުގެ މެޖޮރިޓީ ނުލިބިދާނެކަމުގެ ބިރައްޓަކައި ކަމަށެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިވާ އިރު އެމްޑީޕީ އިން ވަނީ އެޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުން ލައްވާ ޕާޓީއަށް ވަފާތެރިވާނެ ކަމުގެ ހުވާއެއް ނޮޑު ރަސްމީޔާތެން ބާއްވާ ކޮއްފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *