Tuesday, 28 July 2026

މޮޓޯ ސްޕޯޓްސް އެރީނާއެއް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރޭސިންގ އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ފިޓްނަސް އާއި އެޗްޑީސީއާއިއެކު ސޮއިކުރައްވައިފި އެވެ.

މިއަދު ބޭއްވުނު މި ސޮއިކުރުމުގެ ރަސްމީޔާތުގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

މި މަޝްރޫއު އަކީ ތަފާތު އެކި އެކި ކުޅިވަރުތަށް ކުރިއެރުވުމަށް ހާއްސަ އިސްކަމެށް ދީގެން ކުރިޔަށްގެންދާ މަޝްރޫއު އެކެވެ.

މިމަޝްރޫގެ ބޭނުމަކީ މޮޓޯސްޕޯޓްސްއަށް އެކަށޭނެ ސަރަހައްދުތަށް އެކުލަވާލެވިފައި ނުވާތީ ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައުދިނުމެވެ.  މިތަން ނިމުމުން ރައްކާތެރި ގޮތެއްގައި މޯޓޯ ސްޕޯޓސްގެ ހަރަކާތްތަށް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޒުވާނުންނަށް ތަފާތު އެކި ކުޅިވަރުތަކުގައި ބައިވެރިވުމަށް ފުރުސަތު ހޯދައިދިނުމުގަ އަވަދުވެސް އެޗްޑީސީ އަކީ ވަރަށް ބޮޑަށް އެހީތެރިވާ ކުންފުންޔެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *