އއ. ތޮއްޑޫގެ މަގުހެދުމުގެ މަސައްކަތް އަދަބީޔާތާއި ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބުރާހިމް ފައްޓަވައިދެއްވައިފި އެވެ.
އިއްޔެ ބޭއްވުނު މި ރަސްމީޔާތުގައި އާރުޑީސީގެ މެނޭޖިން ޑައިރެކްޓަރު ބުރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރުއާއި އާރުޑީސީގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
ތޮއްޑޫގެ މަގުހެދުމުގެ މަޝްރޫއު އަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 5 ގައި ސޮއިކުރެވި ނިންމާފައިވާ ކަމެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 77,426,106.17 ދިވެހި ރުފިޔާއެވެ.
މި މަޝްރޫގެ ދަށުން އެރަށުގެ މަގުތަކުގައި ޖަހާ ފެން ހިންދާނެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ ޖަންގްޝަންތައް ވެސް ހެދިގެންދާނެ ކަމަށް އާރުޑީސީއިން ވަނީ ބުނެފައެވެ. އަދި މަސައްކަތަށް ބޭނުންވާ ސާމާނުވެސް މިހާރު ހުރީ އެރަށަށް ގެންގޮސްފައި ކަމަށް އާރުޑީސީއިން ވަނީ ބުނެފަ އެވެ.


