ކުދި ގައުމުތަކަށް ލުއި ފަސޭހަ ގޮތެއްގައި ލޯން ނެގޭނެ ގޮތަށް ބައިނަލްއަގުވާމީ އަގުވާމީ މާލީ އާކިޓެކްޗަރ އަށް އަވަސް އިސްލާހުތަކެއް ގެނައުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އދ. ގެ މަތީފަންތީގެ ބައްދަލުވުމެއްގައި ގޮވާލައްވައިފި އެވެ.
އެމެރިކާގެ ނިއުޔޯކްގައި އޮތް މަތީ ފަންތީގެ ބައްދަލުވުމެއްގައި ޕޯޑިއަމްއަށް އަރާ ވާހަކަ ދައްކަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ކުދި ގައުމުތަކަށް ކުރިމަތިވާ އެއްމެބޮޑު މައްސަލަ އަކީ އެހެން ގައުމުތަކުގެ ފިއްތުން ތަކާއި މޫސުމީ ބަދަލުތަށް ކަމަށެވެ.
ފައިސަލް ވިދާޅުވީ ރާއްޖެއަކީ މެދު ފަންތިއަށް ނުވަތަ ދެވަނަ ދުނިޔޭގެ ގައުމެއްގެ ގޮތުގައި ބައިނަލްއަަގުވާމީ ދުނިޔޭގައި ބަލައިގަނެފައި އޮތުމުގެ ސަބަބުން ލުއި ފައިނޭންސް ލިބުން ހަނިވެ އެހެން ގައުމުތަކަށް ބަރޯސާވާން މަޖުބޫރުވާ ކަމަށާއި އެކަމަށް އޮތް ހައްލަކީ ކުދި ގައުމުތަކަށް ލުއި ގޮތެއްގައި މާލީ އެހީ ހަމަޖެހޭނެ ނިޒާމެއް އޮތުންކަމަށެވެ.
އިގްތިސޯދު ބައްޓަން ކުރުމުގައި ދަރަނި ނެގުން މުހިންމު ކަމުގައިވި ނަމަވެސް އެއީ މާލީ ބުރަޔަކަށް ނުވެ، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަންކަމުގެ ގޮތުގައި ވާން ޖެހޭ ކަމަށް ވެސް މިނިސްޓަރު ފައިސަލް ފާހަގަ ކުރެއްވި އެވެ.


