ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން ވަދެ އުޅުނު ސްރީލަންކާގެ ’ސުދިސަ ޕުތަ2‘ ދައުލަތަށް ނެގުމަށް އިއްޔެ ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓު ދައުލަތަށް ނަގައި ވެރިފަރާތް 700،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ސިވިލް ކޯޓުގައި އެދިފައިވަނީ ދައުލަތުންނެވެ.
އިއްޔެ ސިވިލް ކޯޓުންވަނީ ދައުލަތުން އެދިފައިވާ ގޮތަށް 7000،000 ހަތް ލައްކަ ދިވެހި ރުފިޔާއިން ވެރިފަރާތް ޖޫރިމަނާކޮށް އެފައިސާ ދެ ހަފްތާގެ ތެރޭ ދައުލަތަށް ދެެއްކުމަށާ އެ އުޅަނދުގެ ހުރިހާ ވަސީލަތަކާއި އުޅަނދު ދިވެހި ދައުލަތަށް ދިނުމަށް ހުކުމް ކޮށްފަ އެވެ.


