Tuesday, 28 July 2026

އިންތިހާބާއި ގުޅިގެން އައި 41 ޝަކުވާގެ ތެރެއިން 39 ޝަކުވާއަށް ޖަވާބު ދެވިއްޖެ: އީސީ

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން 41 ޝަކުވާ ހުށައަޅާފައިވާ އިރު އޭގެ ތެރެއިން 39 ޝަކުވާއަށް ޖަވާބު ދީފައިވާނެކަމަށް އިންތިހާބުތަކާ ބެހޭ މައި އިދާރާ އިލެކްޝަން ކޮމިޝަން އީސީ އިން ވިދާޅުވެއްޖެ އެވެ.

މިއަދު އީސީއިން ބޭއްވި ޤައުމީ ލަފާދޭ މަޖިލީހުގެ ފަސްވަނަ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވަނީ އިންތިހާބާ ގުޅޭގޮތުން ލިބިފައިވާ ޝަކުވާ ތަކުގެ ތަފްސީލު ވިދާޅުވެފަ އެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވީ އިންތިހާބާއި ގުޅޭ 41 ޝަކުވާލިބިފައިވާ އިރު އޭގެތެރެއިން 39 ޝަކުވާއަށް ޖަވާބު ދީފައިވާކަމަށާއި މިހާރުވެސް އިންތިހާބާގުޅޭ މައްސަލައެށް އެކޮމިޝަނުން ބަލަމުންގެންދަވާ ކަމަށެވެ.

އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު ކެމްޕޭން ކުރުމާއި ގުޅޭ 5 ޝަކުވާ، މުވައްޒަފުންނާއި ގުޅޭ 1 ޝަކުވާގެ އިތުރުން، ވޯޓުލުމުގެ ހައްޤާއި ގުޅޭ 26 ޝަކުވާއަކާއި، ރެޖިސްޓްރޭޝަންއާއި ގުޅޭ 4 ޝަކުވާ އަދި ކެނޑިޑެސީއާއި ގުޅޭ 5 ޝަކުވާ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ވޯޓު ލިސްޓާއި މެދު ޝަކުވާ އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި މަޖިލިސް އިންތިހާބާ ގުޅޭ އެއްވެސް ޝަކުވާއެށް އޮތްނަމަ އެ ކޮމިޝަނަށް ހުށައެޅުމަށް އީސީ އިން ވަނީ އެދިލައްވާފައެވެ. އިންތިހާބުގަ ވާދަ ކުރާ އެއްވެސް ކެޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަމެއް އަށްނަފަދަގެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވާ އީސީގެ މެމްބަރު ހަސަން ވިދާޅުވީ އެފަދަ ކަމެއް ކޮއްފިނަމަ އެކަމެއް ކުރާ ފަރާތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އީސީގެ ބައްދަލުވުމުގައި އީސީއިން އިތުރަށް ވިދާޅުވީ މިއަށްނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބައްޓަކައި ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް އެކޮމިޝަނުން ވެފައިވާ ކަމަށެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވީ ރޭ ފަތިހުން ފެށިގެން އިންތިހާބާ ބެހޭ ތަކެތި ށ ރ ބ ޅ ނޫން ރަށްރަށަށް ފުލުހުންގެ ބެލުމުގެ ދަށުން ފޮނުވާން ފަށާފައިވާ ކަމަށެވެ.

އިންތިހާބަށް އެންޓި ކެމްޕެއިން ކުރާކަމުގެ މައްސަލައެށް އީސީއަށް ހުށައަޅާފައިވާ ކަމަށް ސަރުކާރު ހިންގާ ކޯލިޝަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދުވަނީ ވިދާޅުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *