Tuesday, 28 July 2026

ކުދި އާބާދީތަކަށް ދެންވެސް ތަރައްގީ ގެންނާނީ އެމްޑީޕީއިން: ސޯލިހު

ކުދި އާބާދީތައް ދިރިއުޅޭ ރަށްތައް ތަރައްގީ ކުރުމަކީ އެމްޑީޕީގެ ސިޔާސަތެއްކަމަށާއި އެކަން އެހެން ސަރުކާރަކުން ނުކުރާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެންމެ އިސް އެޑްވައިޒަރު އިބްރާހިމް މުޙައްމަދު ޞޯލިހު މިއަދު ވިދަލުވެއްޖެ އެވެ.

ރޭ ބޮޑުފޮޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާ އެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ސޯލިހު ވިދާޅުވީ އެއްރަށަކުން އެންމެ ގިނަ ވޯޓު އެބޭފުޅާއަށް ލިބިފައިވަނީ ބޮޑުފޮޅޮދޫއިން ކަމަށާއި އެކަން ވެރިކަމުގައި ނެތް ނަމަވެސް އެމަނުކުފާނު ދެކޭނެ ކަމަށާ އެކަން ހަނދާން ނައްތާނުލާނެ ކަމަށެވެ.

ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ބޮޑުފޮޅުދޫގެ ބިން ހިއްކަން ވާނީ ނިންމާފައިކަމަށެވެ. އަދި އެމްޑީޕީ ނޫން ބައެއް ވެރިކަމުގައި ކުދި ރައްރަށުގެ ތަރައްގީއަށް މަސައްކަތް ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބަސްމަގު ހުރި ގޮތުން އެނގެނީ ކުދި އާބާދީތަކާމެދު އިހުމާލުވާނެ ކަންކަމަށްވެސް ސޯލިހު ވިދާޅުވިއެވެ.

މިސަރުކާރުގެ ސިޔާސަތަކީ ކުދި އަބާދީތަކަށް އިހުމާލުވާނެ ސިޔާސަތެއްކަމަށް ވިދާޅުވެ ސޯލިހު ވަނީ އެމްޑީޕީއާ ދެކޮޅަށް ދެވޭ ކޮންމެ ވޯޓަކީ ކުދި ރަށްރަށުގެ ތަރައްޤީއާ ދެކޮޅަށް ދެވޭ ވޯޓެއްކަމަށް ވިދާޅުވެފައެވެ. އެހެންވީމަ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައްޔިތުން ވިސްނަވާފައި އެމްޑީޕިއަށް ވޯޓް ދިނުމަށް ސޯލިހުވަނީ އެދިވަޑައިގެންފައެވެ.

ސޯލިހު އިތުރަށް ވިދާޅުވީ ކުދި ރަށްތަކަށް ބޭނުންވާ ކުރިއެރުމާއި ތަރައްޤީ ގެނެސްދިނުމަށް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުން މުހިއްމުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފާއިތުވި ފަސް އަހަރުގައިވާނީ ކުދި އާބާދީތަކުގެ ތަރައްޤީއަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *