Tuesday, 28 July 2026

ގުޅީފަޅު އެއްކޮށް ހިއްކާ ނިމިއްޖެ

ކ.ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ބިން އެއްކޮށް ހިއްކާ ނިމިއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ނެދަލޭންޑްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮއްގެން މި މަޝްރޫއު ފަށާފައިވަނީ 2019 ވަނަ އަހަރުގަ އެވެ. އޭރު އެ ސަރުކާރުން ނިންމާފައިވަނީ 5000 މީހުންނަށް ގުޅީފަޅުން ގޯތި ދިނުމަށެވެ.

ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމެންވީއިރުވެސް އެކަށީގެންވާ ވަރަށް ބިން ހިއްކިފައިނުވާތީ ގޯތި ދޫކުރީ އޭރު ހިއްކިފައިވާ ބައިން އެކަންޏެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރީ 65 ހެކްޓަރުގެ ބިން ހިއްކާގޮތަށް ނަމަވެސް މިހާރުގެ ސަރުކާރުން ރައީސް މުއިއްޒު ވަނީ އިތުރަށް 85 ހެކްޓަރުގެ ބިން ހިއްކާ ޖުމްލަ 150 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ކޮންސްޓރަކްޝަން މިނިސްޓްރީއިން ބުނީ އިތުރު ކުރި 85 ހެކްޓަރާއެކު ޖުމްލަ 150 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށެވެ.

މިސަރުކާރުން ވަނީ ގިރާވަރުފަޅާއި ގުޅީފަޅުގެ ލޭންޑްޔޫސް ޕްލޭންއަށް ބަދަލުގެނެސް ގިރާވަރު ފަޅުން ކުރީ ސަރުކާރުން ދޫކޮއްފައިވާ 1347 ގޯތި ގުޅީފަޅަށް މިދިޔަ މަސްތެރޭ ބަދަލުކޮއް އެކަން އިއުލާން ކޮއްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *