Tuesday, 28 July 2026

މަޖިލިސްގެ މެޖޯރިޓީ ބޭނުންވަނީ ޤާނޫނަކުން ވަޒީފާގެ ބިރުދެއްކުން ހުއްޓުވަން: ސޯލިހު

އެމްޑީޕީއަށް ވެރިކަން ލިބިޖެނަމަ ޤާނޫނަކުން ވަޒީފާގެ ބިރުދެއްކުން ހުއްޓުވާނެކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެންމެ އިސް އެޑްވައިޒަރު އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވެއްޖެ އެވެ.

ރޭ ހިންވަރުދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެޑިޑޭޓް ޖީހާން މަހުމޫދުގެ ކެމްޕޭން ޖަލްސާގައި ހިންނަވަރުގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީގުގެ އިންތިހާބު ނަގަން އެންމެ މުހިއްމުވާ އެއް ސަބަބަކީ ބޭނުންހާ ގޮތަކަށް ވަޒީފާއިން މީހުން ކެނޑުން ޤާނޫނަކުން ހުއްޓުވުން ކަމަށެވެ. އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަގާފައި ބިލެއް ލައިގެން ޤާނޫނެއް އެކަމަށް ހަދައި، ޤާނޫނަކުން އެކަން ކަށަވަރުކޮށްދީގެން ކަމަށެވެ.

ސޯލިހު ވިދާޅުވީ މިހާރު މި ފެންނަނީ ކެމްޕެއިން ޖަލްސާތަކުގައި މީހުން ޕޯޑިއަމްތަކުގައިވެސް ވަޒީފާގެ ބިރު ދައްކަމުންދާތަން ކަމަށާއި މިހާރު ވެރިކަމުގައި ތިބި މީހުންނަކީ ފެށުނީއްސުރެ ބިރުދެއްކުމާއި މީހުން އެމީހުންގެ މުށުތެރެއަށް ލައިގެން ވެރިކަން ކުރަން ބޭނުންވާ ބައެއްކަމަށެވެ.

"ޕީޕީއެމް ކިޔަސް ޕީއެންސީ ކިޔަސް  އޭގެކުރިން ޑީއާރުޕީ ކިޔަސް އެމީހުންގެ ސިޔާސަތުތައް އަހަރެމެންނަށް އެނގޭ، ބިރުދެއްކުމާ އޮޅުވާލުމާއި މުށުތެރޭ ބައިތިއްބައިގެން ކަންތައްތައް ކުރުން ސިޔަސަތަކަށްވެފަ މިއޮންނަނީ. މިއަދުވެސް މިފެންނަނީ އެމަންޒަރު" ކުރީގެ ރައީސް ސޯލިހު ރޭ ވިދާޅުވި އެވެ.

އެމްޑީޕީއިން 2019 ވަނަ އަހަރުގަ މަޖިލީހުގެ ކެމްޕެއިންކޮށް މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި ނެގީ ބިރުދައްކާ ވަޒީފާއިން މީހުން ކަނޑައިގެން ނޫން ކަމަށާއި، އެއްވެސް ކުންފުންޏެއްގެ އެއްވެސް މުވައްޒިފަކު ސިޔާސީގޮތުން ވަކި ފިކުރަކަށް ތާއީދުކުރާތީ ކަނޑާލައިފާ ނުވާނެކަމަށް ޞޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މިހާރުވެސް ކުންފުނިތަކުގެ ވެރިންދަނީ އެކުގައި ސިޔާސީ މަސައްކަތްތަކުގައި ނުކުތުމަށް އެކުންފުނިތަކުގެ ވެރިންނަށް އަންގަމުން ކަމަށާއި ނުނިކުންނަނަމަ ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރުދެމުންދާ ކަމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *