Tuesday, 28 July 2026

ކުޅުދުފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފި!

ކުޅުދުފުށީ އިންޖީނުގޭގެ ޓްރާންސްފޯމަރަށް މިއަދު ދިމާވި މައްސަލައަކާއި ގުޅިގެން ހެނދުނުން ފެށިގެން ކަރަންޓުގެ ހިދުމަތް ކެނޑިފައި އޮތުމަށްފަހު މިހާރުވަނީ އެމައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދޭންފަށާފަ އެވެ.

ކުޅުދުފުށީ ކަރަންޓުގެެ މައްސަލަޖެހިގެން އިރުއިރުކޮޅުން ކަރަންޓް ކެނޑޭތާ ދެމަސްވީ ފަހުން އިއްޔެ ފެނަކައިން ވަނީ އައު ޖަނަރޭޓަރު ގެނެއްސައެވެ.

އިންޖީނުގޭގެ ކޭބަލެއްގައި ރޯވެ ކަރަންޓް ކެނޑުނީ މިއަދު އެވެ. އެގޮތުން މިއަދު ހެނދުނު ކަނެކްޝަން ހެދުމުގެ ތެރޭގައި މައްސަލައެއް ދިމާވެ ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައި މުޅި ރަށުން ކަރަންޓު ކެނޑުނެވެ.

މިއަދު ހަވީރުވަނީ ރާއްޖޭގެ ކަރަންޓުގެ އެންމެ ތަޖުރިބާކާރު ކުންފުނި، ސްޓެލްކޯގެ ތަޖުރިބާކާރު ޓީމެއް އެރަށަށް ފޮނުވައިގެން އެމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރާކަމަށް ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އެކްސްގައި ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *