މަޖިލިސް އިންތިހާބުގެ ކެމްޕެއިން ނިންމުމުގެ ގޮތުން އެމްޑީޕީއިން ބާއްވާ މިސްރާބު ހަމަ މަގަށް ހިނގާލުން އޭޕްރީލް 19 ވާ ހުކުރު ދުވަހު ސޯޝަލް ސެންޓަރު ކުރިމަތިން ފަށަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު އަބްދުﷲ ޝާހިދުގެ އެކްސް އެކައުންޓުގައި ކުރި ޓުވީޓެއްގައި ވަނީ މަޖިލިސް ކެމްޕެއިން ނިންމާ ހިނގާލުމުގައި މިސްރާބު ހަމަމަގަށް އަޅުވަން ތާއީދުކުރާ ހުރިހާ ބޭފުޅުން އޭޕްރީލް 19 ވަނަ ދުވަހު ހަވީރު 16:00 އަށް ސޯޝަލް ސެންޓަރު ކުރިމައްޗަށް ވަޑައިގަތުމަށް ދައުވަތު އަރުވާފަ އެވެ.
އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކަކަށް ވާދަ ކުރުމަށްވަނީ ހަމަޖެހިފަ އެވެ.


