Tuesday, 27 October 2026

އުއްތަމަ ފަނޑިޔާރުގެ މުސާރަ 95،000 ރުފިޔާއަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމައިފި

އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް އިތުރުކޮށް، މަހަކު ލިބޭ ޖުމްލަ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް މުރާޖައާކޮށް ބޮޑު ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެވަޑައިގަންނަވާ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މަމްދޫހު ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި 4،125 ރުފިޔާ ހަމަޖައްސައިދިނުމަށެވެ. މި ބަދަލާއެކު، އުއްތަމަ ފަނޑިޔާރަށް މިހާރު ލިބިވަޑައިގަންނަވާ 91،000 ރުފިޔާގެ ބަދަލުގައި މަހަކު 95،125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

މުސާރަ ބޮޑުކުރަން ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މަމްދޫހު ވިދާޅުވީ، ދައުލަތުގެ ބާރުތަކުގެ ވެރިންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ މުސާރައާއި އުއްތަމަ ފަނޑިޔާރުގެ މުސާރަ އެއްހަމަ ކުރުމުގެ ބޭނުމުގައި ކަމަށެވެ.

މަޖިލީހުގެ ރައީސްގެ މުސާރަ 95،125 ރުފިޔާ ބޮޑުކުރުމަށް ނިންމީ ވެސް މި ފަހުންނެވެ. އެގޮތުން މަޖިލީހުގެ ރައީސަށް 22،000 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައި ޖުމްލަ މުސާރަ 95،125 ރުފިޔާއަށް ބޮޑުކުރުމަށާއި، ވަޒީރުންގެ ކާރު އެލަވަންސް 17،000 ރުފިޔާއަށް ބޮޑުކޮށް ޖުމްލަ މުސާރަ 75،500 ރުފިޔާއަށް މަތިކުރުމުގެ އިތުރުން، ކައުންސިލަރުންނަށް 5،000 ރުފިޔާގެ ސާވިސް އެލަވަންސެއް ދިނުމަށް ވެސް ވަނީ ފާސްކޮށްފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *