ހުޅުމާލޭ ގެސްޓްހައުސް އެއްގައި ހަބަރު ހުސްވެފައި އޮތްވާ ފެނުނު މީހާ ނިޔާވެއްޖެ އެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް، ހޮސްޕިޓާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ނިޔާވެފައި ވަނީ މާލެ / ސްޓަރ، މުޙައްމަދު ރަޒީން (50އ) އެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުންޏެވެ.
އެ މީހާ ފެނުނީ ގެސްޓް ހައުސްގެ ތިންވަނަ ފަންގިފިލާ އިންނެވެ. ފުލުހުންނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުންޏެވެ.


