Tuesday, 28 July 2026
ހިމަބިހި ޖެހިފައިވާ ކުއްޖެއް -- ގުޑްއާރްއެކްސް

ހިމަބިހި ޖެހުނު ޒުވާނަކު ނިޔާވެއްޖެ

ހިމަބިހި ޖެހުނު 24 އަހަރުގެ ޒުވާނަކު މިއަދު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ ގދ.ފިޔޯރީ ޑްރީމީ ލައިޓް އިބްރާހިމް ދިޔާޝް ރަޝީދެވެ. އެނގިފައިވާ ގޮތުގައި ދިޔާޝް މި ބައްޔަށް ޕޮސިޓިވް ވެފައިވަނީ ނިމުނު މަހުގައެވެ. އަދި އޭނާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ކަމަށް ވެސް އެނގިފައިވެއެވެ .

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި އަދާހަމަ ރިޕޯޓުގައ ވާގޮތުން، ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހައްދުން 55 ހިމަބިހީގެ ކޭސް ފެނިފައިވެއެވެ. މިއަދަދާއެކު މި އަހަރު ރިޕޯޓުވި ޖުމްލަ ކޭސް 121 އަށް އަރާފައިވެއެވެ.

ހިމަބިހި ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އެ އެޖެންސީން ހާމަކުރިގޮތުގައި، މިހާތަނަށް 5،495 މީހަކަށް ވެކްސިން ދީފައިވެއެވެ.

ހިމަބިހިގެ ކޭސްތައް ރާއްޖޭގައި އަލުން ފެންނަން ފެށީ މިއަހަރުގެ މެއި މަހުގެ މެދުތެރޭގައެވެ. ކުރިން މި ބަލި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިފައިވިޔަސް، މިހާރު ކޭސްތައް އިތުރުވެ ދެމިދާނެ ބިރު އޮތީ ބޮޑުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *