Tuesday, 28 July 2026
ޖަލަށް ލާފައިވާ އަދަދުގެ ދެ ނޫސްވެރިން (ލީވާނާއި ޝަހުޒާން) --ފޮޓޯ: ސޯޝަލްމީޑިއާ

ނޫސްވެރިން ޖަލަށްލުން ޓްރާންސްޕޭރެންސީން ކުށްވެރިކޮށްފި

’އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އެ ޖަމިއްޔާއިން ބުނީ މިއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށާއި، އެ ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށް ގޮވާލާ ކަމަށެވެ.

ޓްރާންސްޕޭރެންސީން ފާހަގަކުރި ގޮތުގައި މި މައްސަލައިގައި ދެ ނޫސްވެރިންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ފުރުސަތެއް ދީފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އަދުލުވެރިކަމާއެކު ޝަރީއަތް ހިންގުމާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ރައްކާތެރިކަމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ކްރިމިނަލް ކޯޓުން ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކުރީ ކޯޓު އަމުރަކާ ޚިލާފުވި ކަމަށް ބުނާ މައްސަލައެއްގައެވެ. ލީވާންގެ މައްޗަށް ތުހުމަތުކުރަނީ ކޯޓު އަމުރާ ގުޅޭ ޚަބަރެއް ލިޔުނު ކަމަށެވެ. އަދި ޝަހުޒާންގެ މައްޗަށް ތުހުމަތުކުރަނީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރި މައްސަލައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *