Tuesday, 28 July 2026
އަލައިކާ ކެމްޕެއިންގައި މާފަންނު ހުޅަނގު ގޭގެއަށް ރައީސުލްޖުމްހޫރިއްޔާއާއެކު ހިންގަވަނީ -- ފޮޓޯ: ފޭސްބުކް

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަލައިކާ

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އާޝިޔަތު އަލައިކާ އަދުނާނު މިއަދު އައްޔަންކުރައްވައިފިއެވެ. އަލައިކާ އަކީ އެންމެ ފަހުން ބޭއްވި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓެވެ.

މިދިޔަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި އެ އިންތިހާބުގައި އަލައިކާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އައިޝަތު ރީޝާއާ ވާދަކޮށްގެންނެވެ.

އިންތިހާބަށްފަހު އަލައިކާ ވިދާޅުވެފައިވަނީ މިއީ ސިޔާސީ ހަޔާތުގެ ނިމުން ނޫން ކަމަށާއި، މިއީ އާ ފެށުމެއް ކަމަށެވެ. އަދި އޭނާ އިންތިހާބުގައި ވާދަކުރެއްވީ ހަމައެކަނި މަގާމެއް ހޯއްދެވުމުގެ ބޭނުމުގައި ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ އިސް މަގާމަކަށް އަލައިކާ މި އައްޔަންކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *