Tuesday, 28 July 2026
މެޑަމް ސާޖިދާ މުހައްމަދު

ހެޔޮލަފާ ދަރިންތަކެއް ބޮޑުވާ ގައުމެއްގެ މުސްތަގުބަލާ މެދު މާޔޫސްކަމެއް ނެތް: މެޑަމް ސާޖިދާ

ހެޔޮލަފާ ދަރިންތަކެއް ހެދި ބޮޑުވަމުންދާ ގައުމެއްގެ މުސްތަގުބަލާ މެދު އެއްވެސް މާޔޫސްކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ވިދާޅުވީ، ކުޑަކުދިންނަށް އަޅައިލާ، އޯގާތެރިކަމާއެކު ހިމާޔަތް ދެމުންދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދުތައް ދާނީ ހަގީގަތަކަށް ވަމުން ކަމަށެވެ. މީގެ އިތުރުން، ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި އާއިލާތަކަށް މި އުފާވެރި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެކަމަނާ ވަނީ ފޮނުއްވާފައެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހެވެ. މިއަހަރުގެ ކުޑަކުދިންގެ ދުވަހަށް ކަނޑައަޅާފައިވާ ހާއްސަ ޝިއާރަކީ "އާއިލީ ހަމަޖެހުން، ކުދިންގެ ދުޅަހެޔޮކަން" މިއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެކުދިންނަށް އޯގާތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ، ކުދިންނަށް ދެވޭ ހިމާޔަތަކީ ގައުމުގެ ކުރިމަގު އުޖާލާވުމުގެ އަސްލު ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *