Tuesday, 28 July 2026
ޕީއެންސީ ގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ -- ފޮޓޯ: ދިޔަރެސް

ދެވަނަ ދައުރަކަށް އިންތިޚާބުވާ ފުރަތަމަ ރައީސަކަށް ރައީސް މުޢިއްޒު ވެވަޑައިގަންނަވާނެ: ޢަބްދުއްރަޙީމް

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި، ރާއްޖޭގެ ޖުމްހޫރީ ތާރީޚުގައި ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާ ފުރަތަމަ ރައީސަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.

އއ. ހިމަންދޫ ކައުންސިލްގެ ބައި-އިލެކްޝަނުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާނީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކާއެކު ކަމަށެވެ. އަދި ޕީއެންސީގެ މެންބަރުން އުންމީދު އާކޮށް، ސާބިތުކަމާއެކު ރައީސާ އެކުގައި ތިއްބެވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުންތަކަށް އިޝާރާތް ކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވީ، ސަރުކާރުން ބިނާކުރުވަނިވި ފާޑުކިއުންތަކަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. ނަމަވެސް، ސިޔާސީ ގޮތުން އުފައްދާ ޒާތީ ހަސަދަވެރިކަމަށް ޖާގަ ނުދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މި ޖަލްސާގައި ޢަބްދުއްރަޙީމް ވަނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގަންނަވާފައިވާ ވަޢުދުތައް ފުއްދުމުގައި ސާބިތުކަމާއެކު ކުރިއަށްދާނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ އިތުބާރު އޮތްކަން ފާހަގަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *