Tuesday, 28 July 2026
ހޭޝް މޯލްޑިވްސް

18 މަސް ތެރޭގައި ރާއްޖޭގެ އެއްވަނަ އޫޑޫ ޕާޓްނަރަކަށް ހޭޝް!

ބޮޑު ކާމިޔާބީއެއް ހޯދާ "ހޭޝް މޯލްޑިވްސް" އިން ވަނީ "އޫޑޫ" ޕާޓްނަރުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައެވެ. މި ކާމިޔާބީ ހާސިލުކޮށްފައިވަނީ ޖޫން 2024 ގައި އޫޑޫ އިމްޕްލިމެންޓޭޝަންގެ ޚިދުމަތްތައް ފެށިތާ އެންމެ 18 މަސް ތެރޭގައެވެ. މީގެ އިތުރުން، މި ކުންފުންޏަށް ވަނީ ފަހުން އޫޑޫ ސިލްވަރ ޕާޓްނަރ ސްޓޭޓަސް ވެސް ލިބިފައެވެ. މިއީ މި ސަރަހައްދުގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ އޫޑޫ ސޮލިއުޝަން ދޭ ފަރާތްތަކުގެ ތެރޭގައި މި ކުންފުނި ހިމެނޭކަން ދައްކުވައިދިން ކަމުގެ ހެއްކެކެވެ.

2016 ވަނަ އަހަރު އުފެއްދި "ހޭޝް މޯލްޑިވްސް" އަކީ ރާއްޖޭގެ ވިޔަފާރިތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް އައިޓީ ސަޕޯޓް، ވެބްސައިޓް ތަރައްޤީކުރުން، ކަސްޓަމް ސޮފްޓްވެއަރ ސޮލިއުޝަންސް، އަދި ޑިޖިޓަލް މާކެޓިންގ ޚިދުމަތްތައް ފޯރުކޮށްދޭ، ރާއްޖޭގެ މަޝްހޫރު ޓެކްނޮލޮޖީ އަދި ޑިޖިޓަލް ޚިދުމަތްތަކުގެ އެޖެންސީއެކެވެ. އޫޑޫގެ ޚިދުމަތްތައް ތަޢާރަފުކުރި ފަހުން، މި ކުންފުނިން ވަނީ އޭގެ ފުލް ސައިކަލް އިމްޕްލިމެންޓޭޝަން ކެޕޭސިޓީ ގާއިމްކޮށް ކަސްޓަމަރ ފަސްޓް މޮޑެލްއެއް ގާއިމްކޮށް ސަޕޯޓްގެ ހިދުމަތް ވަރައްބޮޑައް ތަރައްގީ ކޮށްފައެވެ.

ހޭޝް ގެ މަސައްކަތްތަކުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް ފިޝަރީޒް، މިނިސްޓްރީ އޮފް ޑިފެންސް، މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ، މޯލްޑިވްސް އިސްލާމިކް ޔުނިވަރސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ، އަދި ކުޑަކުދިންގެ އޮމްބަޑްސްޕަރސަންގެ އޮފީސް ފަދަ ސަރުކާރުގެ މުހިންމު އެތައް އިދާރާއަކާއި ގައުމީ މުއައްސަސާތަކަކާ ގާތުންކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ގިނަ އަދަދެއްގެ ލޯކަލް ކައުންސިލްތަކަށް ވެސް ހޭޝް އިން ޚިދުމަތް ދީފައިވެއެވެ. މި ކުންފުނިން ވަނީ ވެބްސައިޓްތަކާއި، ޑިޖިޓަލް ޕޯޓަލްތަކާއި، ކަސްޓަމްކޮށް ހަދާފައިވާ ސިސްޓަމްތަކުގެ އިތުރުން އެކައުންޓިންގ ސޮފްޓްވެއަރ ފަދަ ގިނަ ވައްތަރުތަކުގެ ސޮލިއުޝަންތައް ފޯރުކޮށްދީފައެވެ.

"ހޭޝް މޯލްޑިވްސް" އިން ވަނީ އޫޑޫ އިމްޕްލިމެންޓޭޝަންގެ ޚިދުމަތްތައް ފެށިތާ އެންމެ 18 މަސް ތެރޭގައި ޕާޓްނަރުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފަ — ފޮޓޯ: ހޭޝް މޯލްޑިވްސް

އެއް އަހަރާއި މަދު ދުވަސްކޮޅެއްގެ ތެރޭގައި، ހޭޝް އިން ވަނީ 40 އަށް ވުރެ ގިނަ އޫޑޫ ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި މަސައްކަތްތަކުގެ ތެރޭގައި ކަސްޓަމް ޑިވެލޮޕްމަންޓްތަކާއި، އެޑްވާންސްޑް އިންޓަގްރޭޝަންތައް، އަދި މައިގްރޭޝަން ޚިދުމަތްތައް ހިމެނެއެވެ. ހޭޝް ގެ މި ހަލުވި ކުރިއެރުމުގެ ސަބަބުން، ރާއްޖޭގައި ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އެންމެ ވަރުގަދަ ދެ އޫޑޫ ޕާޓްނަރުންގެ ކުރިއަށް މި ކުންފުނި ވަނީ ޖެހިލާފައެވެ.

ހޭޝް ގެ ފައުންޑަރ އަދި މެނޭޖިންގ ޑިރެކްޓަރ، ސަމާހު މުޙައްމަދު ވިދާޅުވީ، މި ކުންފުނީގެ ކާމިޔާބީގެ މައިގަނޑު ސަބަބަކީ ކަސްޓަމަރުންނައް ރަނގަޅު ހިދުމަތް ފޯރުކޮއްދީ ދިމާވާ ކަންކަމައް އަވަސް ހައްލު ހޯދައިދެވޭނެ އިންތިޒާމު ފަހިކޮއްފައި ވުމުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދިވެހި ވިޔަފާރިތަކުގެ ބޭނުންތަކަށް ފެތޭ ގޮތަށް ހޭޝް އިން ވަނީ ގިނަ އަދަދެއްގެ ލޯކަލައިޒްކޮށްފައިވާ އޫޑޫ މޮޑިއުލްތައް ތަރައްޤީކޮށްފައެވެ. އަދި ދިގު މުއްދަތުގެ ސަޕޯޓް ދިނުމަށް ޚާއްސަ އޫޑޫ ހެލްޕް ޑެސްކެއް ވެސް ޤާއިމުކޮށްފައިވާކަން ސަމާހު ފާހަގަކުރައްވާފައިވެއެވެ.

"މިހާރު އަޅުގަނޑުމެން މިވަނީ އޫޑޫ ރާއްޖޭގެ މާހައުލައް ތަރައްގީކުރުމުގެ ގޮތުން ވަރައްގިނަ މޮޑިއުލްވެސް ޑިވޮލޮޕް ކޮއްފަ. މިހާރު ކުއިކްބުކްސް ކަހަލަ އެހެން ސޮފްޓްވެއަރ ތަކުން އޫޑޫއައް ބަދަލު ކޮއްލުމަކީ ވަރައް ފަސޭހަކަމެއް، އަދި ހޭޝްއިން މިވަނީ ފުލް އިމްޕްލިމެންޓޭޝަން ކެޕެބިލިޓީ ހޯދައި ދެމެހެއްޓެނިވި ގޮތަކައް އޫޑޫބޭނުން ކުރަން ކުންފުނިތަކަށް އެހީތެރިވުމަށް އެކަމުގެ ވަސީލަތްތައް ގާއިމްކޮއް އޫޑޫގެ ހެލްޕް ޑެސްކެއް ވެސް ގާއިމް ކޮއްފަ. މިހާރު ފިހާރަ އަދި ކެފޭ ތަކުގައި އޫޑޫ ސެޓަޕް ކޮއްލަން ހޭޝްއިން ނަގާނީ ވަރައް މަދު ދުވަސްކޮޅެއް. އޫޑޫ އަކީ ސެޓަޕް ހަދަން ހަރަދެއް ހިނގާ ކަމަކައްވާތީ އޫޑޫ އެންމެ އެކަށީގެންވަނީ އެކަމަށް ބަޖެޓް ކުރަން ދަތިނުވާނެ އަދި އަހަރުން އަހަރައް ސޮފްޓްވެއަރ ލައިސަންސައް ފައިސާ ދައްކަން ޖެހިލުން ނުވާ ކުންފުނިތައް." ސަމާހު ވިދާޅުވެފައިވެއެވެ.

އޫޑޫ ހިދުމަތް ހޯއްދަވަން ޝައުޤުވެރިވާ ވިޔަފާރިތަކަށް "ހޭޝް މޯލްޑިވްސް" އާ ގުޅޭނެ ނަންބަރަކީ 7457070 އެވެ. އިތުރު މަޢުލޫމާތު ހޯދުމަށް އެކުންފުނީގެ ވެބްސައިޓް  www.hash.mv އަށް ޒިޔާރަތްކުރެއްވުމުން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *