ކުރީގެ ރައީސް އަދި އެމްޑީޕީގެ އެންމެ އިސް އެޑްވައިޒަރު އިބްރާހިމް މުޙައްމަދު ސޯލިހުގެ ދެ ކޮއްކޯފުޅު ހިންނަވަރު އަދި ކުރެންދޫ ދާއިރާއަށް ވާދަކޮް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިވަޑައިގެންފި އެވެ.
ކުރީގެ ރައީސް ސޯލިހުގެ އަންހެން ކޮއްކޯފުޅު ޖީހާން މަޙުމޫދު ކުރިމަތިލެއްވި ހިންނަވަރު ދާއިރާ އަކީ ސޯލިހު މެދުކެޑުމެއްނެތި 25 އަހަރު މެމްބަރުކަން ކުރެއްވި ދާއިރާ އެކެވެ. އެމަނިކުފާނު ވެރިކަމަށް އިސްވެ ވަޑައިގެން ބޭއްވި 19 ވަނަ މަޖިލިސް އިންތިހާބުގައި އެ ގޮޑި ކާމިޔާބު ކުރެއްވީ ވެސް ޖީހާން އެވެ. ޖުމްލަ 30 އަހަރުގެ ރަސްކަމެއް އެމްޑީޕީއިން ހިންނަވަރު ދާއިރާ ގޮޑީގައި ކުރުމަށްފަހު މި އަހަރު އެގޮޑި ކާމިޔާބުކުރީ ޕީއެންސީއިންނެވެ.
ސޯލިހުގެ ފިރިހެން ކޮއްކޯފުޅު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން ނިޔާޒު އަށް ކުރިމަތިލައްވަން ޖެހުނީ ފަހަތުން ދެވަނައިން ބޮޑު ނާކާމިޔާބީއަކާ އެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވީ އެދާއިރާއަށް އަމިއްލަގޮތުން ވާދަކުރި މުޙައްމަދު ޝާމިން އެވެ.


