Tuesday, 27 October 2026

20 ވަނަ މަޖިލީހަށް އެންމެ ތިން އަންހެން ބޭފުޅުން

ވިހި ވަނަ މަޖިލީހަށް ހޮވުނު އަންހެނުން މެންބަރުންގެ އަދަދު މިހާރު އޮތް މަޖިލީހުގައި ތިބި އަންހެން މެންބަރުންނަށް ދަށްވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލީހުގެ އިންތިހާބަށް ވާދަކުރެއްވީ ވެސް އެންމެ ތިން އަންހެން ކެންޑިޑޭޓުންނެވެ. އެއީ އެއީ ނިލަންދޫ ދާއިރާ އަށް ވާދަކުރެއްވި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އާއި މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދު (އަސްމާއްތަ) އަދި ހުރާ ދާއިރާ އަށް ސަރުކާރުގެ ތާއީދާ އެކު ނުކުންނެވި އަނާރާ ނައީމެވެ.

އަނާރާ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކާމިޔާބުކުރެއްވީ ހުރާ ދާއިރާ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޮ ސައުދާ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓްގައި ކާމިޔާބުކުރެއްވީ ނިލަންދޫ ދާއިރާގެ ގޮނޑި އެވެ. ޕީއެންސީގެ ޓިކެޓްގައި އަސްމާ ކާމިޔާބު ކުރެއްވީ މާފަންނު މެދު ދާއިރާ އެވެ. އޭނަ އަކީ ކުރިން ވެސް މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި އެންމެ ގިނައިން އަންހެނުން ވާދަކުރީ ދަ ޑިމޮކްރެޓްސްއިންނެވެ. އެއީ 13 މެންބަރުންނެވެ. ނަމަވެސް އެ ޕާޓީއަށް އެއްވެސް ގޮނޑިއެއް ކާމިޔާބެއް ނުވެ އެވެ. ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން އަންހެން ހަތަރު ވާދަކުރި އެވެ.

ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކޮށްގެން ހޮވޭ އަންހެން މެންބަރުންނަށް އެ ދެ ޕާޓީން ޚާއްޞަ އިނާޔަތެއް ދޭގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *