ވޯޓު ފޮށިތައް ބަންދުކުރަން ދޮޅުގަޑިއިރަށް ވީއިރުވެސް ވޯޓުނުލާ ލައްކައަކަށްވުރެ ގިނަ މީހުން ތިބިކަން އިލެކްޝަން ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަދުގެ ހަވީރު 16:00 އާއި ހަމަޔަށް ވޯޓުލާފައިވަނީ 181،406 މީހުންނެވެ. އެއީ 63.73 އިންސައްތަ މީހުންނެވެ.
އޭގެތެރޭގައި ހިމެނެނީ 88،230 އަންހެނުންނާއި، 93،176 އަންހެނުންނެވެ. ވޯޓުނުލާ އަދިވެސް 103،257 މީހުން އެބަތިއްބެވެ.
93 ދާއިރާއަށް 368 ކެޑިޑޭޓުން ވާދަކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން ރާއްޖޭގެ ހުރިހާ މަރުކަޒު ތަކެއްގައިވެސް ވަނީ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަނީ ފަށާފައެވެ. އަދި ވޯޓުލާ ކިއުތައް 5:30 ގައި ބަންދުކުރުމަށް ހަމަޖެހިފައިވާ ވާހަކަ އީސީއިން ވަނީ ބުނެފައެވެ.


