މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މިއަދުގެ ހެނދުނު 12:00 އާއި ހަމަޔަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 93،224 މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އީސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިޙާތަނަށް 41،980 އަންހެނުންނާއި 51،224 ފިރިހެނުން ވަނީ ވޯޓުލާފައެވެ. ވޯޓުނުލާ ޖުމްލަ މިހާރު ތިބީ 191،439 މީހުންނެވެ.
މިހާތަނަށް ވޯޓުލާފައި ވަނީ %32.75 މީހުންނެވެ.
އިރާއަށް 368 ކެޑިޑޭޓުން ވާދަކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން ރާއްޖޭގެ ހުރިހާ މަރުކަޒު ތަކެއްގައިވެސް ވަނީ ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަނީ ފަށާފައެވެ. އަދި ވޯޓުލާ ކިއުތައް 5:30 ގައި ބަންދުކުރުމަށް ހަމަޖެހިފައިވާ ވާހަކަ އީސީއިން ވަނީ ބުނެފައެވެ.


