އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލީހަށް އައު މެމްބަރުން އައްޔަނުކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސްގެ އާ މެމްބަރުންގެ ގޮތުގައި އައްޔަނު ކުރައްވާފައިވަނީ ޑރ. މޫސާ އަންވަރު ހަސަން އާއި ޑރ. އަލީ ޒާހިރުކަމަށެވެ. މި ދެ ބޭފުޅުން އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލީހަށް އައްޔަނުކުރައްވާފައިވަނީ މިއަދުއެވެ.
"އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސް" ގައި މިހާރު ތިއްބަވާ މެންބަރުން:
1- ފަޟީލަތުލްއުސްތާޛުއްޝައިޚު ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް
2- ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން
3- ޑޮކްޓަރ މޫސާ އަންވަރު ޙަސަން
4- ޑޮކްޓަރ ޢަލީ ޒާހިރު
5- އައްޝައިޚް އިލްޔާސް ޙުސައިން
ދިވެހިރާއްޖޭގައި ދީނީގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ބޭނުންވާނެ އެކިއެކި ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤުހީ އައު މައްސަލަތަކުގެ ދިރާސާތައް ކުރުމަށާއި، އެކަންކަމާ ގުޅޭ ދީނީ ލަފާޔާއި އިރުޝާދު ފޯރުކޮށްދިނުމަށްޓަކައި، ”އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް“ގެ ނަމުގައި މަޖިލީހެއް އުފައްދާފައި ވަނީ 25 އޭޕްރިލް 2016 ގައެވެ.


