Tuesday, 28 July 2026

އުޑުގަ ޖެހިފައި ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ – ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ބޮލުގައި އަބަދުވެސް ދޮގުވާހަކަތައް ހަދައިގެން އަޅުވަން އުޅޭކަމަށާއި ނަމަވެސް އެކަމެއް އުޑުގަ ޖެހިފައި ބިމުގަ ޖެހުނަސް ހާސިލް ނުވާނެކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންއިން ގަލޮޅު ދެކުނުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި އިންތިހާބުތަކުގައިވެސް އެމަނިކުފާނަށް ނިސްބަތްކޮށް ދޮގު ވާހަކަތަށް ފެތުރުމަށް މަސައްކަތް ކޮއްފައިވާކަމަށެވެ. އެގޮތުން މޭޔަރު އިންތިހާބާއި ރިޔާސީ އިންތިހާބުގެ އިތުރުން މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައިވެސް އެފަދަ ދޮގު ވާހަކަތައް އެމަނިކުފާނޭ ކިޔައިގެން ދައްކަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

”ތިބޭފުޅުން އަދި ތިގޮތަށް އަޅުގަނޑު ބޮލުގަ ކަމެއް އަޅުވަން އުޅުނަސް ނުވާނެ ކުރީގަވެސް ނުވި ކަމެއް، އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއްކަމެއްވެސް ނޯންނާނެ“ ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެގޮތަށް ދޮގުވާހަކަތަށް އެމަނިކުފާނޭ ކިޔާފައި ދެއްކީމަ ބޭޒާރުވާނީ ހަމަ އެ ދައްކާ ބައެއްކަމަށާއި ވާހަކަ ދައްކާ މީހުން ހަމަ ކުރިއަށް ދާންވީ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނުކުފާނަކީ ޤާނޫނާއި ހިލާފަށް އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި ރައްޔިތުންގެ ހައްޤަށް އަރައިގަންނާނެ ބޭފުޅެއް ވެސް ނޫންކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *