މިހާރު ކުރަމުންދާ ވިއްސާރައިގައި ޖެހެމުންދާ ގަދަ ވަޔާއެކީ ކެމްޕެއިން ބިލްބޯޑް ވެއްޓުމުގެ ހާދިސާތައް ހިނގަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދއްޖެއެވެ.
ފުލުހުންގެ ހިދުމަތުންް ދާދި ދެންމެއަކު ވަނީ ބައެއް ކެމްޕެއިން ބިލްބޯޑް ވެއްޓުމުގެ ހާދިސާތައް ހިނގަމުންދާކަމަށް ބުނެފައެވެ. އެހެންކަމުން ވައިގަދަ ވަގުތު ތަކުގައި މަގުމަތި ބޭނުންކުރާއިރު ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި ފުލުހުން ވަނީ މަގުތަކުގެ އެއްފަރާތުގައި ބަހައްޓާފައިހުރި ބިލްބޯޑް ތަކަކީ ރައްކާތެރި ގޮތުގައި ރަނގަޅަށް ހަރުކޮށްފައި ހުރި އެއްޗެހިކަން ކަށަވަރު ކުރުމަށް އެތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް އަންގާފައިވާކަމަށް ބުނެފައެވެ.
މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން މިފަދަ ހާދިސާތައް ދިމާވުން މިފަހަކަށް އައިސް ވަނީ އާންމުކަމަކަށް ވެފައެވެ.


