ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއިން ފަލަސްތީނުގެ ޣައްޒާގައި ހާލުގައިޖެހިފައިވާ މީހުނަށް އެއް މިލިޔަން ރުފިޔާ ހަދިޔާކޮށްފިއެވެ. އެޗްޑީސީއިން މިފައިސާ ހަވާލުކޮށްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ އެވެ.
އެކަމާއި ގުޅިގެން އައިއޭސީއިން ކުރި މީސްމީޑިއާ ޕޯސްޓެއްގައި ވަނީ އެޗްޑީސީގެ ފަރާތުން ސަދަގާތުގެ ގޮތުގައި ދިން އެއް މިލިޔަން ރުފިޔާ އޭގެ ހައްގުވެރިންނަށް ރައްދުކޮށްދީ އެކަމުގެ ތަފްސީލު ހާމަކުރާނެކަމަށެވެ. އަދި އެ ޖަމިއްޔާއިން ވަނީ މިކަހަލަ ކަންކަމުގައި އެޗްޑީސީގެ ފަރާތުން ލިބޭ އެހީއާއި އެއްބާރުލުން ފާހަގަކޮށް އެކުންފުންޏަށް ޝުކުރު އަދާކޮށްފަ އެވެ.
މިދިޔަ އަހަރު އޮކްޓޫބަރު މަހުން ފެށިގެން އިސްރާއިލުން ދެމުންދާ ހަމަލާތަކުގައި ދަނީ ގިނަ އަދަދެއްގެ މީހުން ޝަހީދުވެ އަދި ގެދޮރުގެއްލި ބަނޑުހައިޙޫނުކަން ތަހައްމަލް ކުރަމުންނެވެ.


