Tuesday, 28 July 2026

އައިއޭސީގެ އޮޑިޓް ބަޔާން ނެރެން ބުނިތާ ހަ މަސް

އިންސާނީ އެހީތެރިކަން ފޯރުކޮއްދޭ ރާއްޖޭގެ ޖަމިއްޔާއެށް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އައިއޭސީއަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެ ޖަމިއްޔާއިން އޮޑިޓް ރިޕޯޓް ހާމަ ކުރާނެކަމަށް ބުނިތާ އެތަށް މަސްތަކެއް ވެގެން ދިޔައިރު އަދިވެސް ހާމައެއްނުކުރެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު އިޒްރޭލުން ގާޒާ އަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ރާއްޖެ އިން ދިން އެހީތައް ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަވާލު ކުރަމުން ދިޔައީ އެކި ގައުމުތަކުގައި ދިރިއުޅޭ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ އައިއޭސީއާ އެވެ.

އެ ޖަމިއްޔާ އިން މަކަރާއި ހީލަތް ހަދާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރުމުން އެ ތުހުމަތުތައް ދޮގުކޮށް، އޮޑިޓް ރިޕޯޓް ވެސް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށް އެހެންވެ އޭރު ބުންޏެވެ.

އައިއޭސީއަށް އެންމެ ފުރަތަަމަ އެކްސްގައި ހިޔާނާތްތެރިވާކަމުގެ ތުހުމަތު ކުރީ ގޮތް ނޭގޭ އެކައުންޓަކުންނެވެ. އޭގެ ފަހުން އާންމުންވެސް ވަނީ އެ ޖަމިއްޔާއަށް ތުހުމަތުތައް ކޮށްފައެވެ. އޭރު އެޖަމިއްޔާއިން ބުނީ ގޮތް ނޭނގޭ އެކައުންޓްތަކަށް ޖަވާބު ދިނުމަކީ އެ ޖަމިއްޔާގެ ސިޔާސަތެއް ނޫން ކަމަށެވެ.

2016 ވަނަ އަހަރު އުފެދި ރަޖިސްޓަރީވެގެން ކުރިއަށްދާ މި ޖަމިއްޔާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އުފައްދާފައިވާ ޖަމިއްޔާ އެކެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *