Wednesday, 29 July 2026

ޒޭން އާއި މެޑަމް ފާތުން، ޔާމީން މިނިވަން ކުރަން ނުނިކުތީ ކީއްވެތޯ ވިދާޅުވެ އަދުރޭ ކުރެއްވި ސުވާލަށް ޔާމީންގެ ހޫނު ރައްދެއް!

އޭޕްރީ 7 ވަނަ ދުވަހު އޮތް ޖަލްސާއެގައި ސްޕެޝަލް އެޑްވައިޒަރު ފޯ ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބްދުﷲ ރައީސްގެ ޔާމީންގެ އާއިލާއިން އެމަނިކުފާނު މިނިވަން ކުރަން މަގުމައްޗަށް ނުނިކުތީ ކީއްވެތޯ ވިދާޅުވެ ކުރި ސުވލަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ރައްދު ދެއްވައިފި އެވެ.

ރޭ ބޭއްވި ޕީއެންއެފް ހަރުގެ ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލުގައާއި ގޭބަންދުގައި މި ހުންނަނީ ފާތިމަތު އިބްރާހިމް (މެޑަމް ފާތުން)ގެ ފިރިމީހާއަށް ވީމާ ނޫން ކަމަށެވެ. އަދި ޖަލުގައި އޮންނަން ޖެހުނީ ސިޔާސީ ލީޑަރެއްވީމަ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އޭރު ޔާމީން މިނިވަން ކުރުމުގެ ނަމުގައި މިހާރުގެ ސަރުކާރުގެ ވެރިންނަށް ތިބި މީހުން އިސްނަގައިގެން ކުރި މުޒާހަރާތަކުގައި ހައްޔަރު ކުރަންވާ މީހުން ބުނަނީ އެމީހުން ކަމަށެވެ.

އަދި އެހެން ބުނުމަށްފަހު ޔާމީން ވަނީ އަބްދުއްރަހީމަށް ބޮޑު ތުހުމަތެއް ކޮށްފައެވެ. ޔާމީން ވިދާޅުވީ އެމީހުންގެ ބޭނުމަކަށް ވީ ޒޭން އާއި މެޑަމް ފާތުން މަގުމައްޗަށް ނެރެ ހައްޔަރު ކުރުން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *