Tuesday, 27 October 2026

މޯލްޑިވްސް ވޭވްއިން ކާރު ގެނެސްދޭނެކަމަށް ބުނެ ގިނަ އަދެއްގެ މީހުން ސްކޭމްކުރި މައްސަލައެއް ބަލަނީ

ބޭރުން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފައިވާ މައްސަލައެށް މޯލްޑިވްސް ޕޮލިސްއިން ބަލަން ފަށައިފި އެވެ.

މޯލްޑިސް ވޭވް އަކީ ގަޑި އުފައްދާ ވިއްކައިގެން މީހުންގެ މަގުބޫލުކަން ހޯދި ކުންފުންޏެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނިން ވެހިކަލް ގެނެސްދިނުމުގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް އެ އިދާރާއަށް މި މަހު ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވަނީ މިކުންފުންޔަށް ލާރިދައްކައިފާވާ ފަރާތެއް ވާނަމަ 9790048 އަށް ގުޅުއްވާ އެމައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން މީސްމީޑިޔާގައި ގިނަ ބަޔަކު މި މޯލްޑިވްސް ވޭވްގެ ކުންފުންޏަށް ފައިސާ ދައްކައި ވެހިކަލް ނައިސްގެން އެވާހަކަ ދެއްކި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *