ސީރިޔާގެ ދިމިސްޤުގައި ހުންނަ އީރާންގެ އެމްބަސީއަށް އިސްރާއީލް އިން ދިން ހަމަލާގެ ރައްދުގައި އިރާންއިން ގިނަ އަދަދެއްގެ ރޮކެޓް އާއި ޑްރޯންގެ ހަމަލާތަކެއް ސީދާ އިރާންގެ ބިމުން އިސްރާއީލްއަށް ފޮނުވާލައިފި އެވެ.
އީރާނުގެ މީޑިއާތަކުން ބުނާގޮތުން މި ހަމަލާއަކީ ސީރިއާގެ ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް އިމާރާތަކަށް މި މަހު 1 ވަނަދުވަހު އިސްރާއީލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމަށާއި އިސްރާއިލްގެ އެ ހަމަލާގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ 13 މަރުވެފައިވާ ކަމަށެވެ. އެހަމަލާގައި ޖެނެރަލް މުހައްމަދު ހާދީ ހާޖް ރަހީމީ ވެސް ވަނީ މަރާލާފައެވެ.
ރޭ އިސްރާއިލް އަށް އިރާނުގެ ބިމުން ސީދާ ފޮނުވާލި ހަމަލާތަކާ ގުޅިގެން އިސްރާއިލްގެ އެކި ހިސާބުތަކުން ދަނީ މެދު ނުކެޑި ނުރައްކަލުގެ ރަގަބީލު ޖަހަމުންނެވެ. އަދި ސުކޫލުތަކުގެ ދަތުރުތައް ވެސް ހުއްޓާލާ ސެލްޓާތަކާ ކައިރި ހިސާތް ތަކަށް ދިޔުމަށްވަނީ އިސްރާއިލްގެ ކަމާބެހޭ އިދާރާތަކުން އަންގާފައެވެ.
މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާގެ ސަޕޯޓާ އެހީތެރިކަން އިސްރާއިލް އަށް ލިބޭނެކަމަށް ވިދާޅުވެފައެވެ. ބައިޑެންގެ މި ބަހައް ރައްދު ދެއްވާ އިރާނުން ބުނެފައިވަނީ މިކަމަކީ އިސްރާއިލް އާއި އިރާންއާ ދެމެދުއޮތް މައްސަލައެއްކަމަށާއި އެމެރިކާއިން މިކަމުގެ ތެރެއަށް ނުވަނުމަށް އަންގާފަ އެވެ.
ރަޝިއާގެ ރައީސް ވްލެޑްމިއަ ޕުޓިން ވަނީ އެމެރިކާއިން އިސްރާއީލްއާ އެއްބައިވެ އީރާންއަށް ހަމަލާދީފި ނަމަ ރަޝިއާއިން އީރާންގެ ދިފާއުގަ ނުކުންނާނެ ކަމުގެ އިންޒާރުދީފަ އެވެ.
މި ހަމަލާފަކާ ގުޅިގެންވަނީ އީރާންގެ އަވައްޓެރި ވަރައްގިނަ ވަށައިގެން ހުރި ގައުމުތަކުގެ ވައިގެ ސަތަހަ ރޭ ވަގުތީ ގޮތުން ބަންދުކޮއްފަ އެވެ.


