ޕީޕަލްސް ނެޝްފްރޮންޓް (ޕީއެންއެފް) ގެ ދިދައާއި ލޯގޯ އާންމުކޮށް ދައްކާލައިފި އެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ މި ޕާޓީއަށް 3000 މެމްބަރުން ހަމަވެގެން ޕާޓީ އުފެއްދުމުގެ ހުއްދަ ދާދިފަހުން އިލެކްޝަން ކޮމިޝަންއިން ދިނުމާއި ގުޅިގެން ޕީއެންއެފް އުފެއްދުމުގެ ޖަލްސާވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ގައި ބާއްވާފައެވެ.
އާންމުކޮށް ޕާޓީތައް އުފައްދަން ބާއްވާ ޖަލްސާގައި ލޯގޯއާއި ދިދައިގެ އިތުރުން މޮޓޯ ފަދަގެ ޕާޓީގެ މުހިއްމު އެއްޗެހި އާންމުކުރެއެވެ.
ނަމަވެސް ޕީއެންއެފްއިން ޢިޔާސުއްދީން ސުކޫލުގައި ޖަލްސާ ބާއްވަން ރެޑީވެ މެމްބަރުންނާއި ޕާޓީގެ އިސް ވެރިން އައި ވަގުތު ޖަލްސާ ބާއްވަމުންދިޔަ ހޯލްގެ ހުއްދަ ކުއްލި ގޮތަކަށް ބާތިލުކޮށް ހުއްދަ ނުހޯދާ ބާއްވަމުންދާ ޖަލްސާއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ފުލުހުންނަށް އެންގުމާ ގުޅިގެން ފުލުހުންވަނީ ޖަލްސާ ހުއްޓުވާފަ އެވެ.
ފަހުން މި ޖަލްސާ އެރޭގައި ބާއްވާފައި ވަނީ ރާޅުގަނޑުގަ އެވެ.


