ސަރުކާރުން ގެންނަން ބޭނުންވާ ތަރައްގީ ގެނައުމަށް ބަޖެޓު މިހާރު މި ހިނގާ 19 ވަނަ ރއްޔިތުންގެ މަޖިލީހުން ދީފައި ނުވާތީ ބޭނުންވާ ތަރައްގީ މި އަހަރު ނުގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައްދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުތަކުގެ ތެރެއިން ލ.މާވަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މިހާރު ފާސްކޮށްފައިވާ ބަޖެޓަކީ ނިމިދިޔަ ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓެއްކަމަށާއި، ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ފައިސާ ނެތްކަމަށެވެ.
މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓްގައި ބައެއް ކަންކަން ހިމެނުމުގެ ފުރުސަތު ލިބުނު ކަމުގައިވިޔަސް މަޖިލީހުގެތެރެއިން ވަނީ ފައިސާ އުނިކޮށްފައިވާ ކަމަށެވެ. މި ސަބަބުތަކަށްޓަކައި ކުރިޔަށްއޮތް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދިނުން މުހިންމުކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ބަޖެޓްގައި ފައިސާ އެކަށީގެންވާ ވަރަށް ހިމަނާފައި ނުވާތީ އޭޕްރީލް މޭ ހިސާބުގައި ފަށަން ބޭނުވާ މަޝްރޫއުތަށްވެސް ފެށެން އަންނަނީ އަހަރުގެ ފަހުކޮޅުގައި ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
”އެހެންވެ މިއަހަރު އަޅުގަނޑުމެން ބޭނުންވާ ގޮތަކަށް ތަަަރައްގީއެއް، މިހާރު މިއޮތް މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓް އޮތް ގޮތުން ގެންދެވޭކަށް ނެތް. އެހެންނަމަވެސް މިބަލަނީ ވީހާވެސް އަވަހަކަށް ގިނަ މަޝްރޫއުތައް ފެށޭތޯ’ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރައް ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާލުވީ އިރުވެސް އޮތީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހުއްޓިފައިކަމަށެވެ. ނަމަވެސް އަލުން އެމަޝްރޫއުތަށް ފަށައިގެން ކުރިޔަށް ގެންދާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ސަރުކާރުން ބޭނުންވަނީ ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ގެންނަން ކަމަށް ވިދާޅުވެ ރައީސްވަނީ މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށާއި މަޝްރޫއު ތަކުގެ ސްޕީޑް އަވަސް ކުރުމަށް މަޖިލިސް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.


