Tuesday, 28 July 2026

ދެކުނު އޭޝިއާގެ ސިޓީތަކަށް ވިހަ ދުމުގެ އަސަރުކޮށް ބަންގްލަދޭޝްގެ ވެރިރަށް ތަޣައްޔަރުވެއްޖެ

އިންޑިއާ އާއި ބަންގްލަދޭޝްގެ ވެރިރަށް ނިއު ދިއްލީ އާއި ޑާކާގެ ވައިގެ ކޮލިޓީ ދަށަށް ދިއުމާ އެކު، އެ ދެ ގައުމުގެ ވެރިރަށުގައި ވަނީ ވިހަ ދުމުގެ ބޮޑު ފަށަލައެއް އުފެދިފަ އެވެ.

ދުނިޔޭގެ އެންމެ ތަޣައްޔަރު ސިޓީ ކަމުގައިވާ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިންޑެކްސް ލެވެލް މިދިޔަ ބުދަ ދުވަހު 325 އަށް އަރާފައިވާ ކަމަށް ސްވިޒަލޭންޑްގެ ކްލައިމެޓް މޮނިޓާ އައިކިއުއެއާ އިން ވަނީ ބުނެފަ އެވެ.

ނަމަވެސް މެންދުރުގެ ވަގުތާ ހަމައަށް އައިއިރު، އިންޑެކްސް 177 އަށް ވެއްޓި، ހާލަތު ތަންކޮޅެއް ވަނީ ރަނގަޅުވެފަ އެވެ.

ދުނިޔޭގައި 20 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެންމެ ތޮއްޖެހިފައިވާ އެއް ސިޓީ ކަމަށްވާ ޑާކާގެ ވައިގެ ކޮލިޓީ މިފަހަކަށް އައިސް ވަނީ ފޮސިލް ފިއުލް ގިނައިން ބޭނުން ކުރުމުގެ ސަބަބުން ތަޢައްޔަރުވެ، ރައްޔިތުންނަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ކަމާބެހޭ ފަރާތްތަކުން މަގުތަކުގައި ފެން ސްޕްރޭ ކުރަން ފަށާފަ އެވެ. ވޯލްޑް ބޭންކުން ވަނީ ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމުތަކާ ގުޅިގެން ވައި ސާފުކުރުމަށް ބަންގްލަދޭޝްއަށް އިލްތިމާސްކޮށްފަ އެވެ.ވެ.

ދުނިޔޭގެ އެންމެ ވައި ތަޣައްޔަރުވާ ލިސްޓުގެ އެންމެ ކުރީގައި އޮންނަ ނިއު ދިއްލީގައި ބުދަ ދުވަހު އޭކިއުއައި އިންޑެކްސް 378 އަށް އަރާފައިވާ ކަމަށް ސެންޓްރަލް ޕޮލިއުޝަން ކޮންޓްރޯލް ބޯޑުން ވަނީ ބުނެފައެވެ.

އިންޑިޔާގެ ވެރިރަށާއި އުތުރުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 100 އަށް ވުރެ ގިނަ ފްލައިޓް ޑިލޭވެ، ބައެއް ސަރަހައްދުތަކުގައި ވިޒިބިލިޓީ އެންމެ މަދުން 50 މީޓަރު (164 ފޫޓު) އަށް ދަށްވުމުން ރޭލު ދަތުރުތަކަށް ބުރޫ އެރި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ގަދަ ވިއްސާރައިގައި ޕާޓިކިއުލެޓް މެޓާ އާއި އެހެނިހެން ތަޣައްޔަރު މާއްދާތައް އެކުލެވިގެންވާ ކަމަށާއި އެކަމުގެ ސަބަބުން އެ ސިޓީގެ އެތައް މިލިއަން ރައްޔިތުންގެ ސިއްހަތަށް އޭގެ އަސަރު ކުރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

އުތުރު އިންޑިއާގެ ޕަންޖާބު، އުއްތަރަ ޕްރަދޭޝް އަދި ހަރްޔާނާ ސްޓޭޓްތައް ހިމެނޭ ގޮތަށް އުތުރު އިންޑިއާގެ އެހެން ހިސާބުތަކަށް ވެސް މޫސުމަށް ވަނީ އެފަދަ ހާލަތެއް އައިސްފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *