Tuesday, 28 July 2026

ސްޓެލްކޯއިން އިން ފަލަސްތީނަށް ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފި

ފަލަސްތީނުގައި ހިނގާ ހަނގުރާމައާ ގުޅިގެން ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމުގެ ގޮތުން ސްޓެލްކޯއިން ފަސް ލައްކަ ރުފިޔާ ހަދިޔާ ކޮށްފި އެވެ.

ސްޓެލްކޯ އިން މިފައިސާ ހަދިޔާކޮށްފައިވަނީ އިންސާނީ އެހީ ދިނުމުގައި ބައިނައަލްގާވްމީ ފެންވަރުގައި ހަރަކާތްތެރިވާ ރާއްޖޭގެ ޖަމިއްޔާ — އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހުޅުވާފައިވާ "އަހަރުމެން ފަލަސްތީނާއެކު ފަންޑަށް" އަށެެވެ.

ސްޓެލްކޯއިން ބުނީ، އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާ އިން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވަން އެ ކުންފުނިން ދިން އެއީ އަކީ އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން ދިން އެހީ އެވެ.

ސްޓެލްކޯގެ ބޯޑު ރޯމްގައިި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފައިސާގެ އެހީ އައިއޭސީއާ ހަވާލުކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އެވެ. އައިއޭސީގެ ފަރާތުން ޗެކާ ހަވާލުވީ އެ ޖަމާއަތުގެ ޗެއާމަން އަހްމަދު އިގްބާލް އެވެ.

އައިއޭސީގެ ފަންޑަށް އެހީވުމުގެ ގޮތުން ސްޓެލްކޯގެ މައި އޮފީހުގެ ލޮބީގައިވެސް ވަނީ ފަންޑު ފޮއްޓެއް ބަހައްޓާފަ އެވެ.

ސްޓެލްކޯގެ އިތުރުން ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކުން އަންނަނީ ފަލަސްތީނަށް އެހީވުމަށް ފައިސާގެ އެހީ ދެމުންނެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނަށް އެހީވުމަށް 18 މިލިއަނެއްހާ ރުފިޔާ ވަނީ އެއްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *