Tuesday, 28 July 2026

ގުޅިން ފާނަބަސަންދުގެ 11 ކޭސް؛ ދެމީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެނީ

ކ. ގުޅިން ގިނަ އަދަދެއްގެ މީހުންނަށް ފާނަބަސަންދު ޖެހިއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހެން ބުނެފައި މި ވަނީ ކ. ގުޅިން ވަރެސެއްލާ ނިއުމޯނިއާގެ ކޭސްތަކެއް ފެނިފައިވާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.

އެގޮތުން މި އަހަރުގެ ނޮވެމްބަރު މަހު ކ. ގުޅިން ފާނަބަސަންދުގެ 11 ކޭސް ވަނީ ރިޕޯޓް ކޮށްފައި ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ. މީގެ ތެރެއިން ދެ މީހަކު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން އިތުރު ފަރުވާދެމުން ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެއިތުރުން ފާނަބަސަންދުގެ ކޭސްތައް އާންމުކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ކޮންމެ އަހަރަކު ވެސް ރިޕޯޓް ކުރާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ބައެއް ހާލަތްތަކުގައި ފާނަބަސަންދަކީ ފުރާާނައަށް ނުރައްކާވާ ވަރުގެ ބައްޔެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *