Tuesday, 28 July 2026

ޣައްޒާއަށް ކާބޯތަކެއްޗާއި ތެޔޮ ވެސް އެތެރެކުރުން ހުއްޓުވާ، އެ ސަރަހައްދުން ކަރަންޓާއި ފެން ކަނޑާލަން އަންގައިފި

އިޒްރޭލުން ހިފާފައިވާ ޣައްޒާ އެއްކޮށް ބަންދުކޮށް، އެ ސަރަހައްދަށް އެއްވެސް ވަރަކަށްކާބޯތަކެއްޗާއި ތެޔޮ އެތެރެ ނުކުރެވޭ ގޮތް ހަދައި، އެ ސަރަހައްދުން ކަރަންޓާއި ފެނުގެ ޚިދުމަތް ވެސް ކަނޑާލާނެ ކަމަށް އިޒްރޭލްގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިމޮކްރެޓިކް އިންތިޚާބަކަށް ފަހު ހަމާސް، ޣައްޒާގެ ވެރިކަމަށް އައި ފަހުން އިޒްރޭލުން އޮންނަނީ އެއްގަމު މަގުންނާއި ކަނޑުގެ މަގުންނާއި ވައިގެ މަގުން ވެސް އެ ސަރަހައްދު ވަށާލާފަ އެވެ. އަދި މީހުން އެތެރެވުމާއި ބޭރުވުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮ،  އެ ސަރަހްދަށް އެތެރެކުރާ ޒަރޫރީ ތަކެއްޗާއި އެހީ ވެސް އެތެރެކުރެވެނީ ވެސް އިޒްރޭލްގެ ބެލުމުގެ ދަށުންނެވެ.

އިޒްރޭލުން ޣައްޒާގެ ބޯޑަރުތައް ބަންދުކޮށްފައި ވަނީ އިޒްރޭލުގެ ރައްޔިތުން، ހަމާސްގެ ފަރާތުން ރައްކާތެރިކުރުމުގެ ބަހަނާގަ އެވެ. ނަމަވެސް މީގެ ސަބަބުން ޢައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީއަށް ދަނީ އަނިޔާ އާއި ދަތިތައް ކުރިމަތިވަމުންނެވެ.

މި އަމަލު ކުށްވެރިކޮށް ރެޑް ކްރޮސް ފަދަ ޖަމިއްޔާތަކުން ވަނީ އިޒްރޭލުން އެ ފިޔަވަޅުތައް އަޅަނީ ޖެނީވާ ކޮންވެންޝަނާއި އެހެނިހެން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށް ބުނެފައެވެ.

ހަމާސްއިން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 800އަށް ވުރެ ގިނަ މީހުން މަރުވެ، 2،200އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އަދި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި 570އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 2،900އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *