Tuesday, 28 July 2026
ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް - ޓްރެވަލް ޓްރޭޑް ޖާނަލް

އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައި ޤައުމަކަށް އިންޑިޔާ!

މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމަކީ އިންޑިޔާ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ގަދަ 10ގައި ހިމެނޭ ގައުމުތަކުން މިއަހަރުގެ މިހާތަނަށް 862،666 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މީގެތެރެއިން އެއްވަނައިގައި ރަޝިޔާ ހިމެނޭ އިރު ދެވަނައިގައި ހިމެނެނީ އަވަށްޓެރި އިންޑިޔާ އެވެ. އަދި ތިން ވަނައިގައި އުޅެނީ ޗައިނާ އެވެ.

މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މީގެތެރެއިން 862،666 ފަތުރުވެރިންނަކީ މާކެޓްގެ ގަދަ 10 ގައުމުގެ ފަތުރުވެރިންނެވެ. މިއީ މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 64 ޕަސަންޓެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 13.9 ޕަސަންޓް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 1.1 މިލިއަން ފަތުރުވެރިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *