Tuesday, 28 July 2026
ތިލަމާލެ ބްރިޖު ހެދުމަށް ފަޅުގެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތްކުރުމަށް ގެނައި "މަހަރާޖާ" ޕްލެޓްފޯމް.

ބްރިޖުގެ މަސައްކަތަށް ބޭނުންވާ އިތުރު ޕްލެޓްފޯމެއް ގެނެސްފި!

ތިލަމާލެ ބްރިޖުގެ ޕައިލިންގެ މަސައްކަތަށް އިތުރު ޕްލެޓްފޯމެއް ގެނެސް ބޭނުންކުރަން ފަށައިފި އެވެ.

ފަޅުގެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތްކުރަން ގެނެސް އިއްޔެ ބޭނުންކުރަން ފެށި "މަހަރާޖާ" ޕްލެޓްފޯމަކީ ބަރުދަނުގައި 650 ޓަނު ހުންނަ ޕްލެޓްފޯމެކެވެ. މިއީ 350 ޓަނުގެ ބަރު އެއްޗެހި އުފުއްލުމުގެ ގާބިލުކަން ލިބިފައިވާ ޕްލެޓްފޯމެކެވެ.

ރިޖުގެ ޕައިލިން މަސައްކަތްކުރަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ އެއްގަމާއި މޫދުގެ ތިލަ ހިސާބުތަކާއި ފަޅުގެ ފުން ހިސާބުތަކާ އަދި ކަނޑުގެ އެންމެ ފުން ހިސާބުތަކުގައި އެކި ގޮތްގޮތަށެވެ. އެންމެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތަށް ކުރިން ބޭނުންކުރީ، މި މަޝްރޫއުގައި ބޭނުންކުރާ އެންމެ ބޮޑު ފްލޯޓިން ޕްލެޓްފޯމް "ރުމައިލާ" އެވެ.

މޫދުގެ ތިލަ ހިސާބުތަކުގައި ޕައިލިންގެ މަސައްކަތަށް ބޭނުންކުރީ "މަހަރާނީ" ކިޔާ ޕްލެޓްފޯމެކެވެ.

ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލޭގެ ޕައިލިން މަސައްކަތް ފަށާފައިވާއިރު ބްރިޖުގެ ޕްރީކާސްޓް ސެގްމެންޓްތައް ގުޅީފަޅުގައި ދަނީ އަޅަމުންނެވެ.

ދިގުމިނުގައި 8.177 މީޓަރު ހުންނަ މި ސެގްމެންޓްތަކަކީ ބްރިޖެއް އެޅުމަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ދިގު ސެގްމެންޓްތައް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *