Tuesday, 28 July 2026

ސިފައިންގެ އެންމެ އިސް 4 ޖެނެރަލުންނަށް މަޤާމުގެ ކުރިއެރުން ދީފި!

ސިފައިންގެ އެންމެ އިސް 4 ޖެނެރަލުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މަގާމުގެ ކުރިއެރުން ދެއްވައިފި އެވެ.

 

މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް އެންމެ ހާއްސަ ބޭފުޅުންނަކީ މޭޖަ ޖެނެރަލްގެ މަގާމުން ލެފްޓިނެންޓް ޖެނެރަލްގެ މަގާމަށް ކުރިއެރުން ލިބިވަޑައިގެންނެވި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް އެވެ.

ލެފްޓިނެންޓް ޖެނެރަލްގެ މަގާމަށް މީގެކުރިން ކުރިއެރުން ލިބިވަޑައިގެންނެވި ހަމައެކަނި ބޭފުޅަކީ ރިޓަޔާޑް ލެފްޓިނެންޓް ޖެނެރަލް އަންބަރީ އަބްދުއްސައްތާރެވެ.

މަގާމުގެ ކުރިއެރުން މިއަދު ލިބިވަޑައިގެންނެވި އެހެން ބޭފުޅުންނަކީ ބްރިގޭޑިއާ ޖެނެރަލްގެ މަގާމުން މޭޖަ ޖެނެރަލްގެ މަގާމަށް ކުރިއެރުން ލިބިވަޑައިގެންނެވި ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އާއި، މޭޖާ ޖެނެރަލްގެ މަގާމަށް ކުރިއެރުން ލިބިވަޑައިގެންނެވި މެރިން ކޯގެ ކޮމަޑާންޓް، މޭޖަ ޖެނެރަލް ވައިސް ވަހީދާއި، އެމްއެންޑީއެފް ސާވިސް ކޯގެ ކޮމަޑާންޓް މޭޖާ ޖެނެރަލް ހާމިދު ޝަފީގެވެ.

ބަންޑާރަކޮށީގައި މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިބޭފުޅުންނަށް މަގާމުގެ ރޭންކް އަދި ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *