Tuesday, 28 July 2026
ހުޅަނގު ގުދުސްގެ ކްނެސެޓްގެ އެންޓްރެންސް ބަންދުކޮށްގެން މުޒާހަރާ ކުރި މީހަކު އިސްރާއީލުގެ ފުލުހުން ހިފަހައްޓަނި [ހާޒެމް ބަދަރު/އޭއެފްޕީ]

އިސްރާއީލުގެ ޝަރުއީ އޯވަހޯލް

ގުދުސް: ހަތް މަސް ދުވަހު އިސްރާއީލުގެ ދިހަހާސް މީހުން ވަނީ ޝަރުއީ ދާއިރާ އޯވަހޯލްކޮށް ސުޕްރީމް ކޯޓު ބަލިކަށި ކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރާވާފައިވާ ކަމަށް ބުނެ މުޒާހަރާކޮށް މަގުތަކަށް ނުކުމެފަ އެވެ.

މިދިޔަ ހޯމަ ދުވަހު އެ ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ ޕެކޭޖު ފާސްވީ: ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ފާސްކުރީ ސަރުކާރުގެ ނިންމުންތައް "ބުއްދިވެރި ނޫން" ކަމަށް ބުނެ ފަނޑިޔާރުން ނައްތާލުމަށް ހުރަސް އަޅާ ފިޔަވަޅެކެވެ.

އޯވަހޯލް އަކީ ކޮބައިތޯ ބަލާލަމާ — އަދި މިހާތަނަށް ފެނުނު އެންމެ ދެމެހެއްޓެނިވި އަދި އެންމެ ވަރުގަދަ މުޒާހަރާތައް މި އޯވަހޯލްގައި ދަމައިގަތީ ކީއްވެގެންތޯ  ވެސް ބަލާލަމާ.

އޯވަރހޯލްގައި ހުރީ ކޮން އެއްޗެއް ؟

މި އޯވަހޯލްގައި ވަނީ ޝަރުއީ ދާއިރާގެ ބާރުތައް ހުއްޓުވުމަށް އަމާޒުކޮށްގެން ފުޅާ ބަދަލުތަކެއް ގެނައުމަށް ގޮވާލާފައެވެ.

އެ ހުށަހެޅުންތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ނިންމުންތައް ބާތިލް ކުރުމަށް މަޖިލީހުގެ އާދައިގެ އަޣުލަބިއްޔަތަކުން ފުރުސަތު ދޭނެ ބިލެއް ހިމެނެ އެވެ.

ނަތަންޔާހޫގެ އަލްޓްރާނޭޝަނަލިސްޓް އަދި އަލްޓްރާ އޮތޮޑޮކްސް ދީނީ އެކުވެރިން ބުނާ ގޮތުގައި މި ޕެކޭޖުގެ ބޭނުމަކީ އިންތިޚާބުވެފައިވާ އޮފިޝަލުންނަށް ބާރު އަލުން ހޯދައިދިނުމެވެ — އަދި އިންތިޚާބު ނުވާ ފަނޑިޔާރުންގެ ބާރު ކުޑަކުރުމަށެވެ.

އިސްރާއީލުގެ މުޖުތަމައުގެ ފުޅާ ކްރޮސް ސެކްޝަނެއް ހިމެނޭ މުޒާހަރާވެރިން ބިރުގަންނަނީ މި އޯވަހޯލްގެ ސަބަބުން އިސްރާއީލު ޚުދުމުޚުތާރު ވެރިކަމާ ދިމާއަށެވެ.

އެމީހުން ބުނާ ގޮތުގައި އެއީ ކޮރަޕްޝަންގެ ތުހުމަތުގައި ޝަރީއަތް ހިންގަމުންދާ ނަތަންޔާހޫ އާއި އޭނާގެ އެކުވެރިންގެ އެކި ޒާތީ އަދި ސިޔާސީ ޝަކުވާތަކުން ތެޔޮ ޖަހާފައިވާ ބާރު ހިފެހެއްޓުމެކެވެ.

ހޯމަ ދުވަހު މަޖިލީހުން ވަނީ ކޯޓަށް "ބުއްދިވެރި ނޫން" ކަމަށް ފެންނަ ސަރުކާރުގެ ނިންމުންތައް ބާތިލް ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ނަގާ ބިލެއް ފާސްކޮށްފަ އެވެ.

އެކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިހާރު އޮތް "ރިޒަނަބިލިޓީ" ސްޓޭންޑަޑަކީ އިންތިހާބުވެފައިވާ އޮފިޝަލުން ނިންމުންތައް ނިންމުމުގައި ފަނޑިޔާރުންނަށް މާބޮޑަށް ބާރު ލިބިދޭ މިންގަނޑެކެވެ. އެކަމަކު ފާޑުކިޔާ މީހުން ބުނާ ގޮތުގައި މަދު ހާލަތްތަކެއްގައި އެކަނި ދައުވާ ކުރާ މިންގަނޑު އުނިކުރުމުން ސަރުކާރަށް އަމިއްލައަށް ނިންމުންތައް ފާސްކޮށް، ނޭދެވޭ މަގާމުތަކެއް ނުވަތަ ވަޒީފާއިން ވަކިކޮށް، ކޮރަޕްޝަނުގެ ދޮރު ހުޅުވިގެންދާނެ އެވެ.

މުޒާހަރާ ކުރާ މީހުން ބުނާ ގޮތުގައި ނަތަންޔާހޫ އާއި އޭނާގެ އެކުވެރިން ބޭނުންވަނީ ސަރުކާރުގެ މަގާމުތަކަށް އެކުވެރިން އައްޔަން ކުރުމަށާއި ޚާއްސަކޮށް އެގައުމުގެ މިނިވަން ބަންޑާރަ ނައިބު ވަކިކުރެވޭނެ ގޮތަށް ގާނޫނު ބަދަލު ކުރަން ކަމަށް ގުދުސްގެ ތިންކް ޓެންކެއް ކަމަށްވާ އިސްރާއީލް ޑިމޮކްރަސީ އިންސްޓިޓިއުޓްގެ އިސް ރިސާޗަރު އަމީރު ފުކްސް ވިދާޅުވި އެވެ.

އެ ފިޔަވަޅުތަކުގެ ސަބަބުން އިންތިޚާބުވެފައިވާ އޮފިޝަލުންގެ އަމިއްލައަށް ނިންމާ ނިންމުންތަކާ މެދު "އޮވަރސައިޓް ހިންގުމަށް ދަތިވާ" ކަމަށް އެ އިންސްޓިޓިއުޓްގެ ރައީސް ޔޮހާނަން ޕްލެސްނަރ ވިދާޅުވި އެވެ.

އެ ޕްލޭންގެ ސަބަބުން އިސްރާއީލުގެ ޑިމޮކްރެޓިކް ބިންގާތައް ހަލާކުވެގެންދާނެ ކަމަށް ބުނާ ތުހުމަތުތައް ނަތަންޔާހޫ ވަނީ މުޑުދާރު ކަމަށް ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *