Tuesday, 28 July 2026

އަންނަ އަހަރު މަޖިލީހަށް ހަ މެންބަރުން އިތުރު ކުރަނީ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ހަ ދާއިރާއެއް އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނުގެ އަށް ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު އެ ކޮމިޝަނުން ބޭއްވި ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ.

މި ދައުރުގެ މަޖިލިސް ބަހާލާފައިވަނީ 87 ދާއިރާއަށެވެ. ނަމަވެސް، އަލަށް އިތުރުވަނީ؛

– މާލެ އަށް ދެ ގޮނޑި.

– އައްޑު އަށް ގޮނޑިއެއް.

– ބ. އަތޮޅަށް ގޮނޑިއެއް.

– މާލެ އަތޮޅަށް ގޮނޑިއެއް.

– ގއ. އަތޮޅަށް ގޮނޑިއެއް.

އޭނާ އިތުރަށް ވިދާޅުވީ، ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް އީސީން ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *