Tuesday, 28 July 2026

ބްރިޖުގެ ޓްރެފިކް ލައިޓްތައް ބަދަލުކޮށްފި

ސިނަމާލެ ބްރިޖުގައި ހަރުކޮށްފައި ހުރި ޓްރެފިކް ލައިޓްތައް "އެރޯ ޓްރެފިކް ލައިޓް" ސިސްޓަމަކަށް ބަދަލުކޮށްފި އެވެ.

ފުލުހުން ބުނީ އެ ސަރަހައްދުން ދަތުރުކުރާއިރު، ލައިޓްތަކަށް ސަމާލުވެ، އޭގެން ދައްކާ ސިގްނަލްތަކާ އެއްގޮތަށް އަމަލުކުރުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ލައިޓަށް މަޑުކުރަން ދިއުމުގެ ކުރިން ކުރިއަށް ދާން އިހުތިޔާރުކުރާ ލޭން ބޭނުންކުރުމަށް ވެސް ފުލުހުން ބުންޏެވެ.

އެރޯ ޓްރެފިކް ލައިޓަށް ބަދަލުކުރުމުން އަންނަ އެންމެ ބޮޑު ބަދަލަކީ މަގުގެ ކޮންމެ ލޭނަކަށް ހާއްސަ ލައިޓެއް ހުރުމެވެ. ކޮންމެ ލޭނަކުން ދަތުރުކުރާ ވެހިކަލްތަކަށް ކުރިއަށް ދެވޭނެ ދިމާ، އެ ލައިޓްގައި ހުންނަ ތީރުތަކުން ދައްކާނެ އެވެ. އަދި އެ ދިމާލަށް ދިއުމަށް ލިބޭ ވަގުތު ވެސް ތީރުގެ ތިރިއަށް އަރާނެ އެވެ.

ކުރިއަށް ދެވޭނީ ފެހި ކުލައިގެ ތީރު ދިއްލުމުންނެވެ. ރަތް ކުލައިގެ ތީރު ދިއްލުމުން ޖެހޭނީ މަޑުކުރާށެވެ. ނަމަވެސް ކުރިން ނަމަ ޖެހެނީ މަގުން އަންނަ ހުރިހާ ވެހިކަލެއް އެއް ވަގުތަކަށް މަޑުކުރާށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *