Tuesday, 28 July 2026

އާމިނަތު އައްބާސް އަވަހާރަވެއްޖެ

ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އާމިނަތު އައްބާސް އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ ކެންސަރު ބަލީގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަމުން ގެންދަވަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 69 އަހަރުފުޅެވެ.

އެކަމަނާ ވަނީ ވަނީ ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން ޅެން ހެއްދެވުމުގެ އިތުރަށް ޅެންވެރިކަން ދަސްކޮށްދެއްވުމަށް ވެސް ގިނަ މަސައްކަތްތައް ވަނީ ކުރައްވާފައެވެ. މީގެ އިތުރުން ޅެން ހެދުމުގެ ބައެއް މުބާރާތްތަކުގައި ފެންވަރު ބަލައި އިންސާފުކޮށްފައިވެއެވެ.

ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވުމުގެ އިތުރުން އެކަމަނާ ވަނީ ބައެއް ފޮތްތަކެއްވެސް ލިޔުއްވާފައެވެ. އެގޮތުން ކުޑަކުދީންގެ ޅެންފޮތް، ޔޫސުފް މުޙައްމަދުފުޅުގެ ޅެންތައް، ބަރާބަރު ބާރަ 1، ނޭވަޔަށް އުނދަގޫކުރުމުގެ ބައްޔަށް ލުއިކަމެއްފަދަ ފޮތްތައް ވަނީ ލިޔުއްވާފައެވެ.

އާމިނަތު ޢައްބާސްއަށް ލިބިވަޑައިގެންފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ކުޑަކުދިންގެ ޅެންފޮތް އެކުލަވައިލުމުގެ މުބާރާތުން 1 ވަނަ ލިބިވަޑައިގެންފައިވުމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުން 1996 ވަނަ އަހަރު ބޭއްވެވި ދީނީ ޅެންހެދުމުގެ މުބާރާތުން 1 ވަނަ ލިބިވަޑައިގެންފައިވުމާއި، ގައުމީ ޅެންހެދުމުގެ މުބާރާތްތަކުން މަތީ ވަނަތައް ހާސިލުކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން ދީނީ ޅެން ހެދުމުގެ މުބާރާތތްތަކުންވެސް އެކަމަނާ ވަނީ ވަނަތަކެއް ހާސިލްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *