އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފި އެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުއްވި ސިޓީ ރައީސް ނަޝީދު ވަނީ ސޯޝަލް މީޑިއާގައި އާންމުކުރައްވާފަ އެވެ.

އެގޮތުން، އެ މަނިކުފާނުގެ ސިޓީފުޅުގައި ބުނެފައިވަނީ މި ވަގުތު ޕާޓީގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ. އެހެންވެ، އެ މަނިކުފާނު އެމްޑީޕީން ވަކިވީ ކަމަށެވެ.
"އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ، އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކެން ކަމުން، އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވިން،" އެ މަނިކުފާނުގެ ސިޓީފުޅުގައި ވެއެވެ.


