Wednesday, 26 August 2026

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 15 ތުއްތު ކުދިން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ގެ ގައިނަކޮލޮޖީ ވޯޑުގައި ބުދަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 15 ތުއްތު ކުދިން މަރުވެއްޖެ ކަމަށް އެ ގައުމުގެ މީޑިއާތަކާއި ރެސްކިއު އިދާރާތަކުން ބުނެފިއެވެ.

ޕިމްސްގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އަލިފާން ރޯވި ވަގުތު ނާސަރީގައި 16 ކުދިން ތިއްބެވެ. އަދި ސަލާމަތް ކުރެވުނީ އޭގެ ތެރެއިން އެންމެ ކުއްޖެކެވެ.

އެ ސަރަހައްދުގެ ރިޕޯޓްތައް ބުނާ ގޮތުގައި އަލިފާން ރޯވާން މެދުވެރިވީ ނާސަރީގެ ތެރޭގައި ހުރި އެއާކޮންޑިޝަނަރެއްގެ ކޮމްޕްރެސަރު ގޮވައިގެންނެވެ. ނަމަވެސް، ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަލިފާން ނިއްވާލުމަށްފަހު، އަލިފާން ނިއްވާ މީހުން ދިޔައީ އެ ސަރަހައްދު ފިނިކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކަމާބެހޭ ފަރާތްތަކުން މި މަރުތަކާ ގުޅޭ ކަންކަން ބަލަމުންދާއިރު، މި ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުގެ ތުއްތުކުދިންނަށް ފަރުވާދޭ ބައިގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *